ބަނގުލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބަންގަބަންދު ގޯލްޑް ކަޕުގައި ކުޅެވެން ނެތްކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގުވެސް ބުނެފިއެވެ.

ދަގަނޑޭގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި އޭނާ މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ ކުޅެމުން އަންނަ މެލޭޝިއާގެ ސުޕަ ލީގު ކްލަބް، ޕީޑީއާރުއެމް އެފްއޭ އިން ރިލީޒް ނުލިބުމުގެ ސަބަބުން، ބަންގަބަންދު ގޯލްޑްކަޕްގައި ގައުމީ ޓީމަށް ކުޅެވެން ނެތްކަމަށެވެ.

Hi all, I would like to inform that I was unable to get release from the club to participate in the Bangabandhu Gold Cup with the national team. (Photo: images.mv)

Posted byAli AshfaqonTuesday, January 5, 2016

ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ، ބަންގަބަންދު ގޯލްޑް ކަޕްގައި ނުކުޅެވޭނޭ ކަމަށް ބުނެފައި ވާއިރު، ގައުމީ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދާއި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ، އެ މުބާރާތުގައި ކުޅެވެން ނެތްކަމަށް ބުނެފައެވެ.

ރާއްޖޭގެ ސީނިއަ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، ޕީޑީއާރުއެމް އަށް ކުޅުނު މެޗެއްގެ ތެރޭން. އެ ކްލަބުން ރިލީޒް ނުދޭތީ ގައުމީ ޓީމާއެކު ބަންގަބަންދު ކަޕަށް ނުދެވޭނޭ ކަމަށް ދަގަނޑޭ ވަނީ ބުނެފައި --

ބަންގަބަންދު ކަޕްގައި ނުކުޅޭނެ ކަން ހާމަކޮށް ފޭސްބުކްގައި އިމްރާން މިއަދު ބުނެފައި ވަނީ އެ މުބާރާތުގައި އޭނާ ފެނިގެން ނުދާނެ ކަމަށާއި ބޭނުން ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.

ބަކާ ބުނެފައި ވަނީ އޭނާގެ "ޕާސަނަލް" ކަމަކާ ގުޅިގެން ބަންގަބަންދު ގޯލްޑް ކަޕުގައި ނުކުޅެން ނިންމާފައިވާ ކަމަށެވެ.

މިމަހުގެ 8 އިން 18 އަށް ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށް ގެންދާ މި މުބާރާތަކީ، އެގައުމުގެ "ބައްޕަ" ކަމަށްވާ ޝެއިޚް މުޖީބުއްރަޙްމާންގެ ހަނދާނުގައި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ބައިނަލްއަގްވާމީ މުބާރާތެކެވެ.

އޭއެފްސީ ކޮންފެޑެރޭޝަންތަކުގެ ތެރޭގައި ހިމެނޭ ގައުމުތައް ބައިވެރިކޮށްގެން ބާއްވާ މި މުބާރާތުގައި މިފަހަރު ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭން ރާއްޖެ ހިމެނެނީ، ބަހްރެއިން، ބަނގުލަދޭޝް އަދި ކެމްބޯޑިއާ އާއެކު ގްރޫޕް "ބީ"ގައެވެ.

މުބާރާތުގެ ގްރޫޕް "އޭ"ގައި ހިމެނެނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެލޭޝީއާއާއި ނޭޕާލް، ސްރީ ލަންކާ އަދި ބަންގުލަދޭޝްގެ ޓީމެކެވެ.