05 Jan 2016, 11:57
މަސްތިވާތަކެތި ދިރުވާލަން އުޅުނު މީހެއްގެ ކަރުތެރެއިން ހަތަރު ޕެކެޓުގެ މަސްތުވާތަކެތި ނަގައިފި އެވެ.
މަސްތުވާތަކެތި ނަގާފައި ވަނީ ގއ. ކަނޑުހުޅުދޫއިން ހައްޔަރު ކުރީ މީހެއްގެ ކަރު ތެރެއިންނެވެ. އޭނާ ކަރުތެރެއިން އެތަކެތި ނަގާފައި ވަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންގޮސްގެނެވެ.
ފުލުހުން ފެނުމާއެކު މަސްތުވާތަކެތި ދިރުވާލަން މަސައްކަތް ކުރި މީހާ އަތުލައިގަތީ ކަނޑުހުޅުދޫގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށެވެ.
ހަތަރު ޕެކެޓުގެ މަސްތުވާތަކެތި ދިރުވާލަން މަސައްކަތް ކުރި މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި މިހާރު ވެސް އޭނާއަށް ހޮސްޕިޓަލުންފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އޮޅުވާލައިގެން މަކަރާހީލަތުން ފައިސާ ހޯދުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.