ފީފާގެ ގަވައިދާ ހިލާފަށް ކުޅުންތެރިންގް ޓްރާންސްފާގެ ކަންތައްތައް ގެންދިއުމުން 14 މަހަށް ސަސްޕެންޑް ކޮށްފައިވާ ބާސެލޯނޭގެ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން އެ ކްލަބުން 77 އާ ކުޅުންތެރިން ރަޖިސްޓްރީ ކޮށްފި އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ބާސާއަށް ސޮއި ކޮށްފައިވާތީވެ ފީފާއިން އެ ޓީމް އޭޕްރިލް 2014ގައި 14 މަސް ދުވަސް ވަންދެން އާ ކުޅުންތެރިއަކު އެ ޓީމުގެ ސްކޮޑްގައި ނުހިމެނޭ އިރު މި ދިޔަ އަހަރު އެއްކޮށް ބާސާ އިން ހޭދަ ކޮށްފައި ވަނީ އާ ކުޅުންތެރިއަކު އެ ޓީމުގައި ނުހިމަނަ އެވެ.

ނަމަވެސް ވޭތުވެ ދިޔަ އެ މުއްދަތުގެ ތެރޭގައި ބާސާ އިން ދިޔައީ ގިނަ ކުޅުންތެރިންތަކަކަށް ފާރަލައި ސަސްޕެންޝްނުގެ އުސޫލާއި އެއްގޮތަށް ކުޅުންތެރިންގެ ސޮއި ހޯދައި ކްލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ދެ ކުޅުންތެރިންނަކީ މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއަށް ސޮއިކުރި ދެ ކުޅުންތެރިން ކަމަށްވާ އެލެކްސް ވިޑާލް އާއި އަރްޑާ ތުރާން އެވެ.

އެ ދެ ކުޅުންތެރިން ބާސެލޯނާ އަށް ސޮއިކުރިތާ ހަ މަސް ފަހުން ކުޅުމުގެ ފުރުސަތު ލިބިގެންދާ އިރު ބާސާއިން ވަނީ އެ ދެ ކުޅުންތެރިން ރަސްމީކޮށް ދައްކާލާފަ އެވެ. އެގޮތުން އުމުރުން 22 އަހަރުގެ ވިޑާލް 22 ނަމްބަރު ޖާޒީ ބޭނުންކުރާއިރު 28 އަހަރުގެ އަރްޑާ ބޭނުންކުރާނީ ހަތް ނަންބަރު ޖާޒީ އެވެ.

އެ ސަސްޕެންޝަން ހަމަވެ ގިނަ ކުޅުންތެރިން ތަކަކަށް ކުޅޭވޭނެ ގޮތް ވުމުން ސްޕެނިސް ލީގްގެ ދެ ވަނާގައި 39 ޕޮއިންޓާ އެކު އޮތް ބާސާގެ ކޯޗް ލުއިސް އެންރިކޭ އަށް އެ ކަން ވެގެންދާނީ ބޮޑު ހިތް ހަމަޖެހުމަކަށެވެ. އެއީ އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ކުޅުމާ ދުރުގައި ތިބެން ޖެހި ސްކޮޑް ހީނަރުވެފައިވާތީ އެވެ.