05 Jan 2016, 11:10
ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުނަށް ހުޅުވާލައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން އިސްނަގައިގެން ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ތައްޔާރު ކުރަމުންދާ އެ ޕްލޭނަކީ ދައުލަތުގެ އިދާރާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް ތައްޔާރު ކުރާ ޕްލޭނެކެވެ.
އޭސީސީ އިން ބުނެފައިވަނީ ޕްލޭންގެ ޑްރާފްޓެއް ވަނީ މިހާރު އެ ކޮމިޝަނުން ތައާރަފުކޮށްފައިވާ ވެބްސައިޓްގައި އާންމުކޮށްފައި ކަމަށެވެ. އަދި އެއަށް ހިޔާލެއް އިތުރު ބޭނުންވާ ފަރާތްތަކުން މެއިލްގެ ޒަރިއްޔާ އިން ހިޔާލު ފޮނުވޭނެ ކަމަށެވެ. އޭގެ އިތުރުން އެ ކޮމިޝަނަށް ގޮސްގެން ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
އިންޓެގްރިޓީ ޕްލޭންގެ ޑްރާފްޓަށް އާންމުންގެ ފަރާތުން ހިޔާލު ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ އާދިއްތަ ދުވަސް ކަމަށްވެސް އެ ކޮމިޝަން އިން ވަނީ ބުނެފަ އެވެ.
އޭސީސީ އިން އިސްނަގައިގެން ތައްޔާރު ކުރާ އެ ޕްލޭން އެކުލެވިގެން ވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެގޮތުން ކޮންމެ ސިޔާސަތަކަށް އެކުލެވޭގޮތަށް އެކްޝަން ޕްލޭނެއް ވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ޑްރާފްޓް ޝާއިއުކޮށްފައިވާ ވެބްސައިޓް: