04 Jan 2016, 15:56
ކުޑަކުއްޖަކު ލައްވައި ސިޔާސީ ލަވައެއް ކިޔުއްވި މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ސިޔާސީ ހަރަކާތެއްގައި ކުޑަކުއްޖަކު ބައިވެރިވި ކުރުވި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، މިހާރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ބަލަމުން އަންނަނީ "މިންޖުވާން" ނަމުގައި އެމްޑީޕީން މިދިޔަ ނޮވެމްބަރު 27 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތީމް ލަވަ ކުޑަ ކުއްޖަކު ލައްވައި ކިޔުއްވި މައްސަލަ އެވެ.
އެ ލަވަ ކިޔުއްވާފައި ވަނީ އަމީނިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ 15 އަހަރުގެ ކުއްޖެއް ލައްވައި ކަމަށްވެ އެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.