"ޓުރެވަލް ލެޝާ" މެގަޒިންސް އިން ކޮންމެ އަހަރަކު ވެސް ހޮވާ ދުނިޔޭގެ އެންމެ ރީތި 10 ޖަޒީރާ ގައުމުތަކުގެ ލިސްޓުގެ ތިން ވަނަ އަށް ދިވެހިރާއްޖެ ހޮވިއްޖެ އެވެ.

ރާއްޖެއަށް ތިންވަނަ މަގާމު ލިބިފައި ވަނީ 88.53 ޕޮއިންޓާ އެކު އެވެ.

އެ މެގަޒިން އިން ހޮވާ އެންމެ ރީތި ޖަޒީރާ ގައުމުތަކުގެ އެއްވަނަ ހާސިލްކޮށްފައި ވަނީ އިކުއޭޑާ ގެ ގެލަޕޭގޮސް އެވެ. ގެލަޕޭގޮސް އަށް ލިބިފައި ވަނީ 90.82 ޕޮއިންޓެވެ.

ދެވަނަ އަށް ހޮވިފައި ވަނީ 88.98 ޕޮއިންޓާ އެކު އިންޑޮނޭޝިއާގެ ބާލީ އެވެ.

އެ ލިސްޓުގެ ހަތަރު ވަނަ އަށް އޮސްޓްރޭލިއާގެ ޓަސްމޭނިއާ ހޮވިފައިވާ އިރު ފަސް ވަނައަށް ހޮވިފައި ވަނީ ގުރީސްގެ ސެންޓޮރޯނީ އެވެ.