04 Jan 2016, 10:54
ނިއުދިއްލީ (ޖެނުއަރީ 4): މިޔަންމާއާއި އިންޑިއާއާ ގުޅޭ ބޯޑަރު ކައިރިން އިންޑިއާ އަށް އައި 6.7 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 6 މީހަކު މަރުވެއްޖެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައިސްފައި ވަނީ މިއަދު ފަތިސް ގަޑީގައި އިންޑިއާގެ މަނީޕޫރު ސްޓޭޓަށް ކަމަށެވެ. އެބިންހެލުން އައިސްފައިވަނީ މަނީޕޫރުގެ ވެރިރަށް އިމްޕާލްގެ 17 ކިލޯމީޓާރު އަޑިން ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާންޓްމެންޓުން ބުންޏެވެ.
ބިންހެލުމާ ބެހޭ އެންމެ ފަހުގެ ރިޕޯޓުތަކުގައިވާ ގޮތުން ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހަޔެކަށް އަރާފަ އެވެ. އަދި އަނިޔާވި މީހުންގެ އަދަދު ވަނީ 100 އަށް އަރާފަ އެވެ. އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ބިންހެލުމުގެ ސަބަބުން މަނީޕޫރުގެ ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.