04 Jan 2016, 10:19
ލިބިފައިވާ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.
ޒިޔާދާގެ ޕޯސްޓުމޯޓަމް ހަދާފައިވަނީ އިއްޔެ އިންޑިއާގެ ހޮސްޕިޓަލެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ޒިޔާދާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޒިޔާދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ.
ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު 40 ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.