13 Apr 2011, 16:50
މިނިސްޓަރު އޮފް ސްޓޭޓް ފޮ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
އެމަގާމަށް ހަމަޖައްސެވީ މާފަންނު ސީވޯލް އަހްމަދު މުޖުތަބާ އެވެ. އަހްމަދު މުޖުތަބާ މިހާތަނަށް ހުންނެވީ މިނިސްޓަރު އޮފް ސްޓޭޓް، މެދު ދެކުނު ސަރަހައްދުގެ ޤައުމީ އިދާރާގެ މަގާމެއްގައި ކަމަށް އޮފީހުން ބުނެ އެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ކޮއްކޮ އެވެ.