04 Jan 2016, 10:15
ބ. އަތޮޅު ރަށެއްގެ މެޖިސްޓްރޭޓަކު އޭނާގެ ދެ ދަރިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގް ކުރަން ފަށައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ މެޖިސްޓޭޓަކު ދަރިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ތުހުމަތުކޮށް ހުށައެޅުނު މައްސަލައެއް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.
އެމައްސަލައިގެ ތުހުމަތުގައި މެޖިސްޓްރޭޓާ ސުވާލުކުރަމުންދާ ކަމަށާއި ނަމަވެސް އެމައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މެޖިސްޓްރޭޓް މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ 18 އަހަރުން ދަށުގެ އަންހެން ދަރިއަކާއި 18 އަހަރުން މަތީ އަންހެން ދަރިއަކާއި ބަދުއަހުލާގީ އަމަލު ހިންގާ ކަމަށެވެ.
ޖިންސީގޯނާ ލިބިފައިވާކަމަށް ބެލެވޭ ދެ ކުދިންނަކީ ސިކުޑީގެ އުނިކަމެއް ހުންނަ ނުކުޅެދޭ ދެކުދިން ކަމަށް ވެސް އެނގިފައިވެ އެވެ.