ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައިލަންޑަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެކަމުގެ ތަފްސީލު ރައީސް އޮފީހުން އަދި ހާމަ ކޮށްފައި ނުވި ކަމުގައިވިއަސް ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިއަދު ވަނީ ތައިލެންޑުގެ ބޮޑުވަޒީރާއި ރައީސް ޔާމީން ބައްދަލު ކުރައްވާފައިވާ ފޮޓޯތަކެއް ޓުވީޓު ކުރައްވައިފަ އެވެ.

ރައީސް ޔާމީން ތައިލެންޑަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިއީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ގައުމުން ބޭރަށް ރައީސް ޔާމީން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ހަމައެއާ އެކު މިއީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ތައިލެންޑަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސްމެ އެވެ.