އަަފްޣާންގެ ސިޓީއެއް ކަމަށްވާ މަޒަރު އައި ޝަރިފުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓަށް ބޮމުގެ ހަމަލާތަކެއް ދީފި އެވެ.

އިންޑިއާގެ ކޮންސިއުލޭޓަށް ހަމަލާތަކެއް ދެމުންދާކަން އެ ކޮންސިއުލޭޓުން ވަނީ އޭއެފްޕީއަށް ޔަގީން ކޮށްދީފަ އެވެ. އަދި އެހަމަލާތަކުގައި ކޮންސިއުލެޓުގެ އެއްވެސް މެމްބަރަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެ ކޮންސިއުލޭޓުން ބުނެ އެވެ.

އަދިވެސް އިތުރު ހަމަލާތައް ދެމުންދާކަމަށް ކޮންސިއުލޭޓުން ބުނެ އެވެ. އެ ހަމަލާގެ ތުހުމަތު އަދި އެއްވެސް ފަރާތަކަށް ކުރެވިފައި ނުވާއިރު މިކަން ހިނގާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ޒިޔާރަތްކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

އަފްޣާނިސްތާނުގެ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ އެއެފްޕީގައި ބުނެފައިވަނީ ހަމަލާތައް ދެމުންދާ ސަރަހައްދުގެ ސެކިއުރިޓީ ފުލުހުން މިހާރު ބަލަހައްޓަމުންދާ ކަމަށެވެ.