03 Jan 2016, 20:06
ބިދޭސީ ސޭޓުން ތިބި 31 ތަނެއް މިއަދު ހޯދައި 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލު މިރޭ ސަން އަށް ވިދާޅުވީ މިއަދު 9:00 އިން 2:45 އަށް ހިންގި އޮޕަރޭޝަންގައި ބިދޭސީ ސޭޓުން ތިބި ރެސްޓޯރަންޓަކާއި ތިން ސައި ހޮޓަލާއި 27 ފިހާރައެއް ފެނުނު ކަމަށެވެ.
ޚަލީލު ވިދާޅުވީ ބިދޭސީ ސޭޓުން ތިބި އެ 31 ތަން ފެނިފައިވާއިރު، މިއަދު ޖުމްލަ 50 ތަނެއް ބަލައި ޗެކްކޮށްފައިވާ ކަމަށެވެ.
އޭގެއިތުރުން ވިޔަފާރި ހުއްދަ ނެތް ސައި ހޮޓަލަކާއި މީރާގައި ރަޖިސްޓްރީ ނުކުރާ ސައި ހޮޓަލެއް ވެސް މިއަދު ފެނުނު ކަމަށެވެ.
ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭ ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ތިބިތޯ ބަލަން މިހާރު ފަށާފައިވާ އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ޖުމްލަ 62 ތަނެއް ވަނީ ޖޫރިމަނާކޮށްފައެވެ.