މިޒޫރީ (ޑިސެމްބަރ 3): އެމެރިކާގެ މިޒޫރީ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން ރައީސް ބަރަކް އޮބާމާ އެސްޓޭޓްގައި އިއްޔެ ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

މިޒޫރީގައި ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ އެ ސްޓޭޓްގެ ގަވަރުނަރު ޖޭ ނިކްސަންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

މިޒޫރީގައި ކުއްލި ހާލަތު އިއުލާން ކުރުމުން އެސްޓޭޓްގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި އެގައުމުގެ ފެޑެރަލް އެމާޖެންސީ މެނޭޖްމެންޓް އޭޖެންސީ އިން އިން ބައިވެރިވާނެ އެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިޒޫރީ އިން 15 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ފެންބޮޑުވެފައިވާ މަގުތަކުން ކާރު ދުއްވަން މަސައްކަތް ކުރުމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. މީގެ އިތުރުން، ގިނަ ބަޔަކު ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.