Last Updated:
10 year 11 month ago

އަފްޣާން ބަލިކޮށް އިންޑިއާ ހަތްވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

    ބުލޮގު ޚުލާސާ

    ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމުން އަހްމަދު މުޖްތަބާ، ޙުސައިން ހަބީބު.

    ސާފް ސުޒުކީ ކަޕްގެ ފައިނަލްގައި އަފްޣާނިސްތާނާ އިންޑިއާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    މިއަދުގެ ފައިނަލް މެޗަށް މި ދެޓީމު ނުކުންނައިރު

    • މިދެޓީމު ވަނީ 5 ފަހަރު ބައްދަލުކޮށްފައި.

    • އަފްޣާން އަތުން އިންޑިއާ ވަނީ ތިން ފަހަރު މޮޅުވެފައި.
    • އިންޑިއާ އަތުން އަފްޣާން މޮޅުވީ އެންމެ ފަހަރަކު.
    • އަނެއް މެޗު ވަނީ އެއްވަރުވެފައި.
    20:42

    ސާފް ސުޒުކީ ކަޕްގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނިޓްގެ 11 ވަނަ މިނިޓްގައި ސުނިލް ޗެތުރީ ކާމިޔާބުކޮށްދިން ލަނޑުން، އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާން ބަލިކޮށް އިންޑިއާ މި މުބާރާތުގެ ތަށި ހަތް ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

    މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް، އެ ހާފުގައި އުފެއްދި ހަމަލާތަކަށް ބަލާައިރު، އަފްޣާނުން އިންޑިއާ ގޯލަށް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ.

    އަފްޣާނުން އިންޑިއާގެ ގޯލް ހުޅުވައިލީ، ދެވަނަ ހާފް ފެށިގެން މެޗުގެ 69 ވަނަ މިނިޓްގައެވެ. އެޓީމަށް ލަނޑު ޖަހައިދިނީ، ޒުބައިރު އަމީރީއެވެ. އޭނާ ލަނޑު ޖެހިތާ 2 މިނިޓް ފަހުން ޖޭޖޭ ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

    މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރުނީ 15 މިނިޓްގެ ދެ ހާފް ކުޅުވައިގެންނެވެ. އިންޑިއާއިން މުބާރާތް ކާމިޔާބުކުރި ލަނޑު 101 ވަނަ މި ނިޓްގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައި ވަނީ މިއަދު އިންޑިއާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ޗެތުރީއެވެ.

    ސާފް ސުޒުކީ ކަޕް ދެން އޮންނާނީ 2017 ވަނަ އަހަރު ބަނގުލަދޭޝްގައެވެ.

    20:40

    މި މުބާރާތާ އެކު އިންޑިއާއަށް މިވަނީ، ސާފް ޗެމްޕިއަންޝިޕް ހަތްފަހަރު ކާމިޔާބުކުރެވިފައި. އިންޑިއާ ފިޔަވައި މި މުބާރާތް އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެއްވެސް ޓީމަކަށް ކާމިޔާބުކުރެވިފައެއް ނުވޭ.

    20:35

    އިންޑިއާ މިވަނީ ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި.

    20:33

    އިތުރު ވަގުތުގެ 3 މިނިޓް ހަމަވެ ކުޅުން ނިމިއްޖެ.

    20:30

    އިންޑިއާ އޭރިޔާ ތެރޭން ހަތީފީގެ ގައިގައި އިންޑިއާ ކުޅުންތެރިއަކު ޖެހިގަތުމުން އޭނާ ވެއްޓުނީ އެހެން ނަމަވެސް ރެފްރީ ޖެހުން ނުދިނުމުން އޭނާ މައްސަލަ ޖެއްސުމުން ރެފްރީ އޭނާއަށް ރީނދޫ ކާޑެއް.

    20:30

    އަފްޣާން ޕެނަލްޓީ އޭރިޔާތެރޭން ޗެތުރީ ގޯލަށް ފޮނުވާލި ބޯޅަ މާމަތިން ބޭރު.

    20:27

    އިންޑިއ ޓީމުގެ އަރްނަބު ކުމާރު މޮންޑަލަށް އަނިޔާވެގެން ދަނޑުން ބާލައިފި. އޭނާގެ ބަދަލުގައި އައިބޯލަންގް ކޮންޖީ ކުޅެން އަރުވައިފި.

    20:25

    ކޯޗު ފޮނުވާލީ، އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް އެޓީމުގެ ކުޅުންތެރިއަކު ވެއްޓިފައި އޮއްވައި އަފްޣާން ކުޅުންތެރިއަކު ފޮނުވާލި ބޯޅަ އެ ކުޅުންތެރިޔާގެ އަތުގައި ޖެހުމުން، ރެފްރީ ޕެނަލްޓީ ނުދެއްކުމުން އެކަމާ ހިތްހަމަ ނުޖެހިގެން ރެފްރީއާ ދިމާއަަށް ކޯޗު ކޮންމެވެސް އެއްޗެއް ބުނުމުން.

    20:24

    އަފްޣާންގެ ކޯޗު ބެންޗުން ފޮނުވާލައިފި.

    20:23

    އިންޑިއާ ހާފްގެ މެދެއްހާ ހިސާބުން އަފްޣާނަށް ޖެހުމެއް.

    20:21

    އަފްޣާން އޭރިޔާ ތެރޭން ޖޭޖޭ ފޮނުވާލި ބޯޅަ އަފްޣާން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ބޯޅަ ލިބުނީ ނަރްޒަރީއަށް. އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    20:20

    އިންޑިއާ ގޯލް ކުރިމައްޗަށް ފައިސަލް ހުރަސްކޮށްލި ބޯޅަ ޕޮޕަލްޒީ ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެންނަމަވެސް ކީޕަރު ދިފާއުކުރީ.

    20:16

    އަފްޣާންގެ ޒުބޭރު އަމީރީއަށް އަނިޔާވުމުގެ ސަބަބުން އޭނާގެ ބަދަލުގައި އަހްމަދު އާރާޝް ހަތީފީ ކުޅެން އަރައިފި.

    20:15

    އިތުރު ވަގުތުގެ ދެވަނަ 15 މިނިޓްގެ ކުޅުން ފަށައިފި.

    20:12

    އިތުރު ވަގުތުގެ ފުރަތަމަ 15 މިނިޓްގެ ކުޅުން ނިމިއްޖެ. އިންޑިއާ މިވަނީ ލީޑް ހޯދާފައި.

    20:11

    އިތުރު ވަގުތު 1 މިނިޓް.

    20:08

    އަނެއްކާވެސް އިންޑިއާ ޓީމުން ހަމަލާއެއް. ބިކާޝް ޖައިރޫ ބޯޅަ ހިފައިގެން އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށް.

    20:08

    އަފްޣާން ޕެނަލްޓީ އޭރިޔާ ތެރޭން ޗެތުރީއަށް ލިބުނު ބޯޅަ ވަރަށް ފަސޭއިން ގޯލަށް ފޮނުވާލީ.

    20:06

    އިންޑިއާ ލަނޑު ޖަހައިފި. ލަނޑު ޖެހީ ޗެތުރީ.

    20:02

    އިންޑިއާ ޓީމުން ބަދަލެއް. ލިންޑޯގެ ބަދަލުގައި ކުޅެން އެރީ ޕްރޮނޭ ހަލްޑަރ.

    19:59

    އަފްޣާންގެ ކަނިޝްކާއަށް ފައުލުކުރުމާ ގުޅިގެން އިންޑިއާގެ ލިންޑޯއަށް ރީނދޫކާޑެއް. އަފްޣާނަށް ހިލޭ ޖެހުމެއް.

    19:56

    އަފްޣާން ޓީމުން ބަދަލެއް. މުސްތަފާ ޒަޒާއީގެ ބަދަލުގައި ކުޅެއް އެރީ ޚައިބަރު އަމާނީ.

    19:56

    ކުޅުން ފަށައިފި.

    19:55

    އިތުރު ވަގުތުގެ ފުރަތަމަ 15 މިނިޓްގެ ކުޅުން ފަށަން ކުޅުންތެރީން ދަނޑަށް އަރައިފި.

    19:51

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 3 މިނިޓް ނިމުމާއެކު. ދެން އޮންނާނީ ނަތީޖާ ނެރުމަށް ކުޅޭ 30 މިނިޓް. 15 މިިޓްގެ ދެހާފް.

    19:50

    އައްބާސީން އަލްޚީލްއަށް ވަރަށް ރީތިކޮށް އިންޑިއާ އޭރިޔާތެރޭން ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.

    19:49

    މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުންހަމަވެ މިހާރު ކުޅެމުން ދަނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 3 މިނިޓް.

    19:45

    އަފްޣާންގެ ހަސަން އަމީން އަށް ރީނދޫ ކާޑެއް ދައްކާފައި މިވަނީ.

    19:45

    ޗެތުރީ ފޮނުވާލި ބޯޅަ އަފްޣާން ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    19:44

    އިންޑިއާ އަށް ހިލޭ ޖެހުމެއް އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން. ބޯޅަ ފޮނުވާލަނީ ޗެތުރީ.

    19:42

    އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ބިކާޝް ޖައިރޫ ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި، ގޯލް ހުރަސް ދަނޑީގެ ކުޑަ ތަންކޮޅެއް މަތިން ކޯނަރަކަށް ބޭރު.

    19:41

    އަފްޣާން ޓީމުން ބަދަލެއް. ނޫރުﷲ އަމީރީގެ ބަދަލުގައި ކުޅެން ނުކުތީ އޮމިޑް ޕޮޕަލްޒީ.

    19:39

    އިންޑިއާ ޕެނަލްޓީ އޭރިޔާ ބޭރުން ޝައެސްތާ ފޮނުވާލި ބާރު ބޯޅަ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    19:37

    އަފްޣާން ޓީމުގެ ކެޕްޓަން ފައިސަލް ސައެސްތާއަށް އަނިޔާވުމާ ގުޅިގެން އޭނާއަށް ދަނޑުމަތީގައި ފަރުވާދެނީ.

    19:34

    އަފްޣާންގެ ޒުބޭރު އަމީރީގެ މޫނުގައި އިންޑިއާގެ ނަރަޔަންދާސްގެ އުޅަނބޮށިން ޖެހުމުން، ނަރަޔަން ދާސްއަށް ރީނދޫ ކާޑެއް ދައްކައިފި.

    19:31

    އަފްޣާން ޕެނަލްޓީ އޭރިޔާތެރޭން ޗެތުރީއަށް ލިބުނު ބޯޅަ އޭނާ ބޮލުން ޖަހައި ޖޭޖޭއަށް ދިނީ. ޖޭޖޭ ހަމަ އެހާރީތިކޮށް ވަރަށް ފަސޭހަކަމާއެކު ބޯޅަ ގޯލަށް ފޮނުވާލީ.

    19:29

    އިންޑިއާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފި. ލަނޑު ޖެހީ ޖޭޖޭ.

    19:28

    އަމީރި ވަރަށް ރީތިކޮށް ބޯޅަ ހިފައިގެން އެކަނި އިންޑިއާ ޕެނަލްޓީ އެރިޔާތެރެއަށް ވަދެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ.

    19:27

    އަފްޣާން ލަނޑު ޖަހައިފި. އެޓީމަށް ލަނޑު ޖަހައިދިނީ ޒުބައިރު އަމީރީ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    19:21

    ޖޭޖޭ ވަރަށް ރީތިކޮށް އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަށް އެރީ ޗެތުރީ. އެހެން ނަމަވެސް ޗެތުރީ ބޮލުން ޖަހައި ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    19:19

    އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ނަރްޒަރީ ފޮނުވާލި ބޯޅަ އަފްޣާން ކުޅުންތެރިއެއްގައި ގައިގ ޖެހިފައި ކޯނަރަކަށް ބޭރު،

    19:13

    އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ޗެތުރީ ޖޭޖޭއަށް ޖައްސާލި ބޯޅަ ޖޭޖޭ ވަރަށް ހަމަޖެހިލާފައި އަފްޣާން ގޯލަށް ފޮނުވާލި ބޯޅަ ގޮސް ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    19:09

    އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން އަފްޣާންގެ މުސްތަފާ ޒަޒާއީ ގޯލަށް ފޮނުވާލި ބާރު ޝޮޓެއް ކީޕަރު ގުރުޕްރީތުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    19:08

    ދެވަނަ ހާފްގެ ފަސް މިނިޓް ކުޅުން ނިމުނު އިރު އަދި އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް ރަނގަޅު ހަމަލާއެއް ނުއުފެއްދޭ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    19:03

    ދެވަނަ ހާފް ފަށައިފި.

    19:00

    ދެވަނަ ހާފް ފެށުމަށް ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

    18:48

    ފުރަތަމަ ހާފް ނިިމިއްޖެ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:48

    އަފްޣާން ކުޅުންތެރީން އިންޑިއާ ޓީމުން ނެގި ކޯނަރު ސާފުކޮށްލައިފި.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:47

    ފުރަތަމަ ހާފްގެ އެންމެ ފަހު ޗާންސް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:47

    އިންޑިއާއަށް ކޯަނަރެއް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:46

    ޖޭޖޭ ވަރަށް ރީތިކޮށް އަފްޣާން އޭރިޔާ ތެރޭން ޗެތުރީއަށް ޖައްސާލި ބޯޅަ ޗެތުރީއަށް ލިބޭގޮތެއް ނުވި.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:46

    އިތުރު ވަގުތުގެ 1 މިިޓް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:40

    ނޫރުﷲ އިންޑިއާ ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ފައިސަލް ވަރަށް ރީތިކޮށް ފުންނާބުން ޖަހައި ގޯލަށް ފޮނުވާލީ. އެހެން ނަމަވެސް ކީޕަރު ބޯޅަ ދިފާއުކުރީ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:37

    އިންޑިއާގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން އަފްޣާނަށް ހިލޭ ޖެހުމެއް. ކަނިޝްކާ ފޮނުވާލި ބޯޅަ އިންޑިއާ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ޕެނަލްޓީ އޭރިޔާއިން ބޭރަށް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:35

    އަފްޣާނަށް ކޯނަރެއް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:33

    ނަރްޒަރީ ވަރަށް ރީތިކޮށް އަފްޣާން ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ޗެތުރީއަށް ޖައްސާލި ބޯޅަ އޭނާ ކޮންޓްރޯލް ކޮށްލާފައި ގޯލަށް ފޮނުވާލީ. އެހެންނަމަވެސް ކީޕަރު ވަރަށް ހުށިޔާރުކަމާއެކު ބޯޅަ މަތަކުރީ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:32

    އަފްޣާން ހާފްތެރޭން އެޓީމުގެ މުހައްމަދު ހާޝިމީއަށް ފައުލުކުރުމާ ގުޅިގެން އިންޑިއާ ޓީމުގެ ޖޭޖޭއަށް ރީނދޫ ކާޑެއް ދައްކައިފި.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:21

    ޒުބޭރު އާމިރީ އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން ނޫރުﷲ އާމިރީ އަށް ޖައްސާލި ބޯޅަ އޭނާއަށް ގޯލަށް އަމާޒުކޮށްލެވޭގޮތެއް ނުވި.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:19

    މެޗުގެ ފުރަތަމަ 20 މިނިޓްގެ ކުޅުން މިހާރު ނިމިފައިވާއިރު، އިންޑިއާ ޓީމުން މިވަނީ އަފްޣާން ގޯލަށް ވަރަށް ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައި.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:18

    އަނެއްކާވެސް ޖޭޖޭ އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ވަރަށް ރީތިކޮށް ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ނަރްޒަރީއަށް ޖައްސާލި ބޯޅަ ނަރްޒަރީ ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް މިފަހަރުވެސް ކީޕަރު އަތުން ޖަހައި ބޯޅަ ދުރަށް ފޮނުވާލީ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:15

    އިންޑިއާ ޓިމުން އަފްޣާން ގޯލަށް ނުރައްކާތެރި ހަމަލާއެއް. ޖޭޖޭ އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން ނަރްޒަރީއަށް ޖައްސާލި ބޯޅަ ގޯލް އޭރިޔާތެރޭން އަފްޣާން ކުޅުންތެރިއެއްގައި ފައިގައި ޖެހިފައި ގޮސް ޖެހުނީ ގޯލް ހުރަސް ދަނޑީގައި. އަދި ރީބައުންސް ބޯޅަ ޖޭޖޭ ބޮލުން ޖަހައި ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު އުވައިސް އެ ބޯޅަ ދިފާއުކުރީ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:11

    އަފްޣާންގެ ފައިސަލްއަށް އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލި. އެހެންނަމަވެސް ކީޕަރުގެ އަތުގައި ޖެހިފައި ގޯލްގެ އަރިމަތިން ކޯނަރަށް ބޯޅަ ބޭރުވީ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:11

    އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން އިންޑިއާގެ ނަރްޒަރީ ފޮނުވާލި ބޯޅަ މާމަތިން ބޭރަށް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:09

    އަފްޣާނަށް ކޯނަރެއް. އަފްޣާންގެ ހަސަން އަމީން ނެގި ކޯނަރު އިންޑިއާ ކީޕަރު ވަރަށް ރީތިކޮށް ފުންމައިގެން އަރައި އަތުލައިފި.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:08

    އަފްޣާން ޓީމުން އިންޑިއާ ގޯލަށް ހަމަލާއެއް. އިންޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން މުސްތަފާ ޒަޒާއީ ފޮނުވާލި ބޯޅަ ކީޕަރު ގުރުޕްރީތު ދިފާއުކުރީ.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:05

    އަފްޣާނަށް އިންޑިއާގެ ހާފްގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ކަނިޝްކާ ފޮނުވާލި ބޯޅަ އިންޑިއާ ކީޕަރުގެ އަތަށް.

    ސާފު ސުޒުކީ ކަޕްގައި އަފްޣާނިސްތާނާއި އިންޑިއާ ބައްދަލުކުރަމުންދާ މެޗުގެ ތެރެއިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    18:01

    މެޗު ފަށައިފި.

    އިންޑިއާ ޓީމްގެ ކުޅުންތެރިން ---- ފޮޓ÷: އިމޭޖަސް.އެމްވީ
    18:00

    މެޗު ކިކްއޮފް ކުރަނީ އަފްޣާން ޓީމުން.

    އަފްޣާނިސްތާނުގެ ކުޅުންތެރިން ---- ފޮޓޯ: އިމޭޖަސް.އެމްވީ
    17:58

    މިއަދުގެ ފައިނަލް މެޗު ބަލައިލުމަށް ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމަށް ގާތްގަނޑަކަށް 25000 އަށްވުރެ ގިނަ މީހުން ދަނޑަށް ވަދެ ތިބޭނޭ ކަމަށް ލަފާކުރެވޭ.

    17:56

    މިހާރު އިންޑިއާގެ ގައުމީ ސަލާމް.

    އިންޑީއާ އަފްޣާން
    17:55

    އަފްޣާނިސްތާންގެ ގައުމީ ސަލާމް.

    17:53

    މެޗަށް ތައްޔާރުވުމުގެ ގޮތުން ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

    17:49

    އަފްޣާނިސްތާންގެ ފުރަތަމަ 11:

    • އުވައިސް އަޒީޒީ (ގޯލްކީޕަރު)

    • އައްބާސީން އަލީޚިލް
    • ހަސަން އަމީން
    • ޒުބައިރު އާމިރީ
    • ފައިސަލް ޝައެސްތާ (ކެޕްޓަން)
    • ނޫރުﷲ އާމިރީ
    • އެސް މުހައްމަދު ހާޝިމީ
    • މާސިހް ސައިޣާނީ
    • މުސްތަފާ ޒަޒާއީ
    • މުސްތަފާ ހަދީދީ
    • ކަނިޝްކާ ތާހެރް
    17:46

    އިންޑިއާގެ ފުރަތަމަ 11:

    • އޮގަސްޓިން އެމް ފެނާންޑޭޒް

    • އަރްނަބުކުމާރު މޮންޑަލް
    • ޔޫޖެނެސަން ލިންޑޯ
    • ބިކާޝް ޖައިރޫ
    • ސުނިލް ޗެތުރީ (ކެޕްޓަން)
    • ޖޭޖޭ ލާލްޕެޚްލުއާ
    • ހާލީ ޗަރަން ނަރްޒަރީ
    • ޕްރިތަމް ކޯޓަލް
    • ނަރަޔަން ދާސް
    • ރޯލިން ބޯޖެސް
    • ގުރުޕްރީތު ސިންހު ސަންދޫ (ގޯލްކީޕަރު)
    17:35

    މިއަދުގެ މެޗު ފަށަން 25 ވަރަކަށް މިނިޓަށް ވެފައިވާއިރު މިހާރުވެސް އިންޑިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުް ވަނީ ދަނޑަށް ވަދެފައި.

    މިއަދުގެ މެޗަށް ގިނައަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
    17:34

    އެންމެ ފަހުގެ ޗެމްޕިއަންނުންގެ ގޮތުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ އަފްޣާން ދެން މި މުބާރާތުން ނުފެންނާނެ. އެހެންކަމުން މިއީ އެ ޓީމަށް ވަރަށް މުޙިއްމު މުބާރާތަކަށް ވާނެ. ހަމަ އެހެންމެ އިންޑިއާގެ އަމިއްލަ ދަނޑުގައި މި މުބާރާތުގެ ފައިނަލްގައި އެޓީމު ކުޅޭއިރު މިއީ އިންޑިއާއަށް ވެސް ވަރަށް މުހިއްމު ފައިނަލެއް.

    17:33

    މިއަދު ކުޅޭ ފައިނަލް މެޗުގައި ވާދަކުރަނީ، މި މުބާރާތުގެ ފައިނަލްގައި އެންމެ ފަހުން ވެސް ވާދަކުރި ދެޓީމް.

    17:33

    މިއަދަކީ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގެ އެންމެ ފަހު ދުވަސް.