ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ އެ މައްސަލާގައި ފުލުހުން ހޯދުމުން ދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ނަސީރު، ޕާސްޕޯޓު ނަންބަރު، (އޭ 0655889 )އެވެ.

އެ މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

އެގޮތުން ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަން ނަންބަރު 7930299 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.