މި އަހަރު ތެރޭގައި ހެންވޭރުގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގަައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްތަރު އަހުމަދު ޝަހީރު ވިދާޅުވީ މާލޭގެ އެންމެ ސަރަހައްދެއްގައި ބޭސްފިހާރަ ހުރުމުން އާންމުންގެ ޝަކުވާ ލިބޭ ކަމަށެވެ.

އެހެންކަމުން ހެންވޭރުގައި ބޭސްފިހާރަ ހުޅުވާނީ މަޖީދީ މަގުގައި ކަމަށާއި، އަންނަ މާޗު މަހުގެ ތެރޭ ބޭސްފިހާރަ ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފާމަސީ ހުޅުވާނީ ޕީޖީ އޮފީހާއި ޖެހިގެންނެވެ.

އޭގެ އިތުރުން މި އަހަރު ތެރޭ އައިޖީއެމްއެޗް ފާމަސީވެސް ދެ ބުރި އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ވަނީ މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީ ގާއިމުކޮށްފަ އެވެ.