03 Jan 2016, 14:04
ށ.ކޮމަންޑޫ މީހަކު ހޮވި 30 ކިލޯގެ ހުދު މާވަހަރު ގަންނަން ދުބާއީ ބަޔަކު އެރަށަށް ގޮސްފިއެވެ.
މާވަހަރު ހޮވި އަބްދުއް ރަހީމް ހަސަން މިއަދު "ސަން" އާ ވާހަކަ ދައްކަމުން ބުނީ، އޭނާ ހޮވި މާވަހަރު ގަންނަން ދުބާއީގެ ތިން މީހަކު އެރަށަށް ގޮސްފައިވާ ކަމަށެވެ.
އަދި މާވަހަރު ވިއްކާލުމުގެ މަޝްވަރާތައް އެ މީހުންނާއެކު ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.
އެހެންނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއެވެ.
މާވަހަރު ވިއްކާނެ އަގާ ގުޅޭ ގޮތުން މީގެ ކުރިން "ސަން" އާ ވާހަކަ ދެއްކި އަބްދުއްރަހީމުގެ ދަނބިދަރި އިބްރާހިމް މޫސާ ބުނީ، ބައްޕަ ހޮވި މާވަހަރުގެ ގުރާމެއް 37 ޑޮލަރުގެ ރޭޓުން ވިއްކަން ނިންމާފައިވާ ކަމަށެވެ.
އެ އަގުގައި އެ މާވަހަރު ވިކިއްޖެނަމަ، އަބްދުއްރަހީމް ހޮވި މާވަހަރުގެ އަގު 17.1 މިލިއަން ރުފިޔާއަށް އަރާނެ އެވެ.
އަބްދުއްރަހީމު އެ މާވަހަރު ހޮވާފައިވަނީ މިދިޔަ މަހު 19 ވަނަ ދުވަހު ވަދާ ކޮމަންޑޫ އިން ފުރައިގެން ވަދާ އަޅަން ނުކުމެ އުޅުމުގެ ތެރެއިންނެވެ.