03 Jan 2016, 09:28
ފުވައްމުލަކުގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ދަން ޖެހިގެން މަރުވެފައި ވަނީ 21 އަހަރުގެ ޒުވާނެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާ ދަން ޖެހިފައި ވަނީ އެ ރަށު ފަޅުގެއްގެ ތެރޭގައި ކަމަށެވެ.
އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 7:30ގައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން ބުނީ، އޭނާ މަރުވި ފަހުން ހައެއްކަ ގަޑިއިރު ވެފައިވާ ކަމަށެވެ.
އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ދަން ޖެހެން ބޭނުން ކުރި ވާގަނޑު ވެސް ކަރުގައި އޮތް ކަމަށާއި، ވާގަނޑު ހިމަކަމުން ޒުވާނާގެ ކަރަށް ވާގަނޑު ވަދެފައި ވާކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އެރަށު ދިގުވާޑު ކައިރުގެ، ޝާދު މުހައްމަދު، 21، އެވެ.