03 Jan 2016, 09:04
އާ އަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަ ކުރުމަށް ފަހު ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ އަދި ބޮލީވުޑުގެ އަރަމުން އަންނަ ތަރި އަރުޖުން ކަޕޫރު ރޭގެ ވަގުތެއްގައި ފުރައިފި އެވެ.
އެދެތަރިން ފުލައިޓު ތެރޭގައި ނަގާފައިވާ ފޮޓޯއެއް ސޯނަމް ވަނީ އިންސްޓާގްރާމް ކޮށްފަ އެވެ. އެ ފޮޓޯގައި ޗުއްޓީ ނިމި އާ އަހަރު ފެށިއްޖެ ކަމަށް ބުނެފައިވެ އެވެ.
ސޯނަމް ރޭގެ ވަގުތެއްގައި އިންސްޓާގުރާމު ކުރި ފޮޓޯ ---
ސޯނަމް އާއި އަރުޖުންގެ އިތުރުން ސޯނަމްގެ ކޮއްކޮ ރެއާ ކަޕޫރާއި އެމީހުންގެ ރައްޓެހިން ވެސް ވަނީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައެ ވެ.
އެމީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ޑަބްލިއު ރީޓުރީޓު އެންޑު ސްޕާ މޯލްޑިވްސްގަ އެވެ.
ސޯނަމް އާއި އަރުޖުންގެ އިތުރުން މަޝްހޫރު ގިނަ ފަރާތްތަކުން ވެސް ވަނީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފަ އެވެ.
އެގޮތުން ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު މިދިޔަ ހަފުތާގައި ފުރާފައިވާ އިރު، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑު ބެކަމް އާ އޭނާގެ އާއިލާ އަދި ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.
ބެކަމްގެ އިތުރުން ރީތީގެ ރާނީ ޖެނިފާ ހޮވްކިންސް ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.