ކާނާ ވިހަވެގެން ލަންކާ ސަރުކާރުން ހިންގާ ގާމެންޓް ކާރުހާނާއެއްގައި މަސައްކަތް ކުރާ 250 އަށްވުރެއް ގިނަ މުވައްޒަފުން ހޮސްޕިޓަލުގައި އެދުމަތިކޮށްފި އެވެ.

ލަންކާގެ ހިރޫ ނޫހުގައި ބުނެފައިވާގޮތުން، ރަތްނަޕޫރާގައި އޮންނަ ބަލަންގޮޑާ ޓައުނުގައި ސަރުކާރުން ހިންގާ ގާމެންޓް ކާރުހާނާއެއްގައި މަސައްކަތްކުރާ ބަޔަކު ކާނާ ވިހަވެފައިވަނީ އެ ކުންފުނިން ދިން ހެނދުނުގެ ނާސްތާ ކައިގެންނެވެ.

ކާނާ ވިހަވެގެން އެޑުމިޓް ކުރަމުންދާ ހޮސްޕިޓަލާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާގައި ހޮސްޕިޓަލުގައި އެޑްމިޓްކުރި މުވައްޒަފުންގެ އަދަދު ވަނީ 300 އަށް ވެސް އަރާފައެވެ.

ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔަ 100 އެއްހާ މީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، އެކަކުވެސް ސީރިއަސް ހާލަތުގައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކާނާ ވިހަވި މީހުންނަށް ބަލަންގޮޑާގައި ހުންނަ ހޮސްޕިޓަލުން ފަރުވާދެމުން އަންނަ އިރު، އެކަމުގެ އަލާމާތްތައް ހުންނަ މީހުން ވެސް ހޮސްޕިޓަލަށް އަންނަމުންދާ ކަމަށްވެ އެވެ.

އެ މައްސަލަ ލަންކާގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.