އައު އަހަރާ ދިމާކޮށް އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ދެ ސަރަޙައްދަކުން ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި ހޯދައިފި އެވެ.

ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނު ހޯދާފައި ވަނީ ހިތަދޫ އުދާސްގެ ކައިީގައި ބަނގުރާ ކައްކާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެސަރަޙައްދު ބަލައި ފާސްކުރުމަށް ފަހުގަ އާއި، ހަމަ އެ ރަށު ޒެޕިޔާ ސަރަޙައްދުގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މަޢުލޫމާތާ އެކު އެސަރަޙައްދު ބަލައި ފާސްކުރުމަށް ފަހު އެވެ.

އައްޑޫ އިން އަތުލައިގެން ބައެއް ތަކެތި -- ފޮޓޯ: ޕޮލިސް

އުދާސްގެ ކައިރިން ނގުރާ ކަންކަން ތައްޔާރުކޮށްފައި ހުރި 20 ލީޓަރުގެދެ ހަމާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވާ އިރު، ޒެފިޔާ ސަރަޙައްދުގައި ރާ ކައްކަން ތައްޔާރުކޮށްފައި ހުރި ދެ ފުޅިއާއި ބައެއް ތަކެތި ވަނީ ހޯދާފަ އެވެ.

މިމައްސަލަތަކުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މި މައްސަލަތައް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.