ސޯނަމްއާ އެކު އޭނާގެ ދެބައިގެން ދެދަރި ކޮއްކޮ އަދި ބޮލީވުޑްގެ މަޝްހޫރު ތަރި، އަރުޖުން ކަޕޫރު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.

އެ ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ސޯނަމް ވަނީ އިންސްޓާގުރާމްކޮށްފަ އެެވެ.

ސޯނަމް، އޭނާގެ ދެ ކޮއްކޮ، އަރުޖުން އާއި ރެއާ އަދި އެމީހުންގެ ރައްޓެހިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނީ ޑަބްލިއު ރީޓުރީޓު އެންޑު ސްޕާ މޯލްޑިވްސްގަ އެވެ.

އާ އަހަރުގެ އުފާ ފާޅު ކުރުމުގެ ތެރެއިން ސޯނަމް ވަނީ ގިނަ ފޮޓޯތަކެއް އިންސްޓާގްރާމްކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ތަކާއި ރައްޓެހިންނާ އެކު ނަގާފައިވާ ފޮޓޯތައް އޭނާ ވަނީ އިސްޓާގުރާމް ކޮށްފަ އެވެ.

ސޯނަމް އާއި އަރުޖުންގެ އިތުރުން މަޝްހޫރު ގިނަ ފަރާތްތަކުން ވެސް ވަނީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފަ އެވެ.

އެގޮތުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑު ބެކަމް އާއި އޭނާގެ އާއިލާ އަދި މިސް ޔުނިވާސް ޖެހިފާ ހޮވްކިންސް ވެސް އަންނަނީ ރައްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.

ހަމައެހެންމެ ބޮލީވުޑުގެ މަޝްހޫރު ތަރި ޖޯން އަބްރަހަމް ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު މިދިޔަ ހަފުތާގައި ފުރައިފަ އެވެ.