01 Jan 2016, 14:27
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 1.20 ރުފިޔާ އަގުހެޔޮކޮށްފައިވާއިރު ޑީސަލް ލީޓަރަކުން އެއް ރުފިޔާ އަގުހެޔޮކޮށްފައިވާ ކަމަށެވެ.
އެސްޓީއޯއިން ކުރިން ޕެޓްރޯލާއި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 11 ރުފިޔާއަށެވެ.
މިއަދުން ފެށިގެން އަގަށް ގެނައި ހެޔޮބަދަލާއެކު ޕެޓްރޯލް ލީޓަރެއް 9.80 ރުފިޔާއަށް ވިއްކާއިރު ޑީސަލް ލީޓަރެއް ވިއްކުމަށް ނިންމާފައިވަނީ 10 ރުފިޔާއަށެވެ.
އެސްޓީއޯއިން ވަނީ ވޭތުވެދިޔަ އަހަރު ތެރޭގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ހެޔޮބަދަލާއެކު ތެޔޮވިއްކާ އަގު ހެޔޮކޮށްފައެވެ.