31 Dec 2015, 20:46
މަސްތުވާތަކެއްޗާއެކު ހުޅުމާލެ ގެއަކުން ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ، އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ، ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ތިން މީހުން ހައްޔަރު ކުރުމަށް ފަހު އެމީހުން ތިބި ގެ ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ފިލުމު ހުސްކުރި ދަޅަކާއި 35 ސެލޯފިންކިޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.