31 Dec 2015, 12:04
ކުރިން ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ހިންގަމުން ދިޔަ ފުލުހުންގެ ކަސްޓޯޑިއަލް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލު ކޮށްފިއެވެ.
ފުލުހުން ބުނީ، ކަސްޓޯޑިއަލް ގެ މަސައްކަތްތައް ހުޅުމީދޫ އަށް ބަދަލު ކުރީ ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމަށް ކަމަށެވެ.
ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު އައްޑޫ ސިޓީގައި ކުރި މުޒާހަރާގައި ހިތަދޫ ޕޮލިސްޓޭޝަންގައި ވެސް ވަނީ ހުޅުޖަހައި އަންދާލާފައެވެ.
ކަސްޓޯޑިއަލް ގެ މަސައްކަތްތައް ހުޅުމީދޫ އަށް ބަދަލު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
ކަސްޓޯޑިއަލް ހިންގި އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ އިމާރާތް މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ 100 ދުވަހުގެ މުއްދަތަށް، އުހުދު އިންވެސްޓުމެންޓާ އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަން ކަސްޓޯޑިއަލް އަކަށް ބަދަލު ކުރީ، 2012 ވަނަ އަހަރު ފެބުރުއަރީ އަށް ވަނަ ދުވަހު އެ އިމާރާތް އަންދާލުމާ ގުޅިގެންނެވެ.