31 Dec 2015, 11:14
ޓެކްސް ދެއްކުމުގައި މަކަރު ހެދުމާއި ޓެކްސް ނުދެއްކުން ފަދަ ކަންތައްތައް ހުއްޓުވުމަށް ޓަކައި ދެގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއް ރާއްޖެއާ އެކު ގާއިމް ކުރަން އިންޑިއާގެ ކެބިނެޓުން ރުހުންދީފިއެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ އެ އެއްބަސްވުން ރާއްޖެއާ އެކު ގާއިމްކުރަން ނިންމީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓް ބައްދަލުވުމެއްގައި ، އިއްޔެ ކަމަށެވެ.
"...ޓެކްސްއަށް މަކަރު ހެދުމާއި ޓެކްސް ނުދެއްކުން ހުއްޓުވުމަށް ޓަކައި މައުލޫމާތު ބަދަލު ކުރުން، މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ފެށިގެން ދާނެއެވެ،" އެއްބަސްވުން ތަންފީޒު ކުރަން ނިންމުމަށް ފަހު އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވާ ކަމަށް ނޫހުގައި ވެއެވެ.
އިންޑިއާއާ ރާއްޖެއާ ދެމެދު ގިނަ ދާއިރާތަކަކުން އެއްބަސްވުންތައް ގާއިމްކޮށް އަންނަނީ އަމަލުކުރަމުންނެވެ. އެގޮތުން ދިފާއީ ދާއިރާއާއި ސިއްހީ ދާއިރާއިން ދެގައުމުގެ ދެމެދުގައި އެއްބަސްވުންތައް ގާއިމްކޮށްފައި ވެއެވެ.