ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ގާޞީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސިވިލް ކޯޓުން ބުނީ ނިހާޔަތުގެ އިސްތިއުފާ ސިޓީ މިއަދު ލިބިފައިވާ ކަމަށާއި ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އަންގާފައިނުވާ ކަމަށެވެ.

ގާޒީ ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ އޯގަސްޓު މަހު އޭނާ ވަނީ ސަސްޕެންޑު ކޮށްފައެވެ.

ނިހާޔަތު ސަސްޕެންޑުކޮށްފައި ވަނީ އެއް މައްސަލައެއްގައި ދެ ފަހަރަށް ހުކުމް އިއްވުމުން ކަމަށް ސަން އަށް ވަނީ އެނގިފައެވެ.

ތަހްގީގު ކޮމިޓީން އެ މައްސަލަ ނިންމައި އެކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި ވަކި ގޮތެއް އަންގަންދެން ގާޒީ ނިހާޔަތު ވަޒީފާއަށް ނުނިކުތުމަށް ވަނީ އަންގާފަ އެވެ.