ދެހާސް އަށް ވަނަ އަހަރު ރިލީޒު ކުރި ހިންދީ ފިލްމު "ފެޝަން" ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފިއެވެ.

އެ ފިލްމުގެ ދެ ވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަން ފިލްމު ޓުރޭޑު އެނަލިސްޓު ތަރަން އަދާޝް ވަނީ ޓުވިޓާ މެދުވެރިކޮށް އިއުލާނު ކޮށްފައެވެ.

އޭނާގެ ޓުވީޓުގައި ބުނާ ގޮތުން މި ފަހަރުގެ ފިލްމު ބިނާ ވެގެން ވަނީ މުޅިން އާ ވާހަކައެއްގެ މައްޗަށެވެ. އަދި މި ފަހަރުގެ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

ފެޝަންގެ ގެ ދެވަނަ ފިލްމުގެ ލީޑު ރޯލު ކުޅޭނީ ކޮން ތަރިއެއް ކަމެއް އަދި ނިންމާފައި ނުވެއެވެ. އެހެންނަމަވެސް ވަރަށް ބަތަލާއެއް ފައިނަލް ކޮށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެޝަން ގެ ފުރަތަމަ ފިލްމުގައި ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ ޕްރިޔަންކާ ޗޯޕުރާ އާއި ކަންގަނާ ރަނައުތު އެވެ.

އެ ދެތަރިންގެ އިތުރުން، އަރްޖަން ބަޖުވާ، މުގްދާ ގޯސް،އަދި އަރުބާޒް ހާން ފަދަ ތަރިން އެ ފިލްމުން ފެނިގެން ގޮސްފައި ވެއެވެ.