އިންޑިއާ ޓީމުގެ ފޯވާޑް ރޮބިން ސިންގްގެ ފަޔަށް އަނިޔާވެ ސާފް ސުޒުކީ ކަޕްގައި ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

އެ މުބާރާތުގައު ގްރޫޕް ސްޓޭޖްގައި އިންޑިއާ ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާ އަތުން 0-2ގެ ނަތީޖާ އަކުން މޮޅުވި މެޗުގެ ދެވަނަ ހާފްގައި ރޮބިން އަށް އަނިޔާވެ، އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އެ މެޗުގައި އިންޑިއާ ޓީމަށް ދެ ގޯލު ވެސް ރޮބިން ކާމިޔާބުކޮށްދީފައިވާ އިރު އޭނާ ވެގެން ދަނީ އިންޑިއާ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން ވެސް އެއް ކުޅުން ތެރިއަކަށެވެ.

ސާފް ސުޒުކީ ކަޕްގައި އިންޑިއާ އާއި ސްރީލަންކާ ކުޅުނު މެޗުގައި ރޮބިން އަށް އަނިޔާވެ ދަނޑުމަތީގައި ވެއްޓިފައި --- ސަން ފޮޓޯ: އިމޭޖަސް. އެމްވީ

ސެމީ ފައިނަލްގައި މާދަމާ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗެށް ރޮބިން އަށް ނުކުޅެވޭނެ އިރު އިންޑިއާ އެންމެ ފަހުން ނޭޕާލާއި ދެކޮޅަށް ކުޅެ 1-4 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ވެސް ކުޅެފައެއް ނުވެ އެވެ.

އިންޑިއާގެ އެންމެ މުހިންމު އެއް ފޯވާޑާއި ނުލާ ރާއްޖެ އާއި ދެކޮޅަށް ނިކުންނަ އިރު އެ ކަން ވެގެންދާނީ އިންޑިއާ ޓީމަށް ދިމާވާނެ ވަރަށް ބޮޑު މައްސަލައަކަށް ށެވެ. އަދި ރާއްޖެ އެ މެޗަށް ނުކުންނަށް ތައްޔާރުވާއިރު އަނިޔާގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ގައުމީ ޓީމުން ބުނެ އެވެ.