30 Dec 2015, 12:14
ގައިދީން ޖަލުގައި ތިބޭ އިރު ވަކި ޔުނީފޯމެއްގައި ބައިތިއްބާ ގޮތަށް ނިންމާފައި ވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ސަން އަށް ވިދާޅުވީ އަންނަ އަހަރުގެ މާރިޗު ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި ޔުނީފޯމް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.
މިހާރުވެސް ގައިދީންނަށް ޔުނީފޯމެއް ކަނޑައަޅާފައި ވީނަމަވެސް، ޖަލުގައި ތިބެނީ އާދައިގެ ހެދުމުގަ އެވެ. ޔުނީފޯމް ބޭނުން ކުރަނީ ސިއްހީ ފަރުވާ ދިނުމަށް ނުވަތަ ކޯޓަށް ހާޒިރު ކުރަން ބޭނުންވެގެން ޖަލުން ބޭރަށް ގެންދާ އިރު އެވެ.
މިހާރު ގައިދީންނަށް ޔުނީފޯމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިހާރުގެ ބޭނުންކުރާ ފެހި ޔުނީފޯމުގެ ބަދަލުގައި ބޭނުން ކުރާނީ އޮރެންޖު ކުލައިގެ ޔުނީފޯމެއް ކަމަށް މައުލޫމާތު ލިބެއެވެ.
ޔުނީފޯމް ފެހުމުގެ މަސައްކަތް ވެސް ކުރަނީ ގައިދީންނެވެ.