"ވިޒިޓު މޯލްޑިވްސް" ގެ އަންނަ އަހަރުގެ ހަރަކާތްތައް ފެށުމަށް ބާއްވާ ޝޯވް އަށް އިންޑިއާގެ މަޝްހޫރު ޑާންސް ގުރޫޕު، "ވީ ކޮމްޕެނީ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެ ގުރޫޕަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވީ ކޮމްޕެނީ އަކީ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯވް، "އިންޑިއާސް ގޮޓް ޓެލެންޓު" މިއަހަރު ކާމިޔާބު ކުރި ޑާންސް ގުރޫޕެވެ.

މިއީ އެ ގުރޫޕުގެ ހަރަކާތްތައް ރާއްޖޭގައި ހުށައަޅައިދޭ ފުރަތަމަ ފަހަރެވެ.

ވީ ކޮމްޕެނީގެ އިތުރުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ވެސް އާ އަހަރުގެ ޝޯވް އަށް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ ބުދަ އަދި ބުރާސްފަތި ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި އޮންނަ އެ ޝޯވް ހޯސްޓު ކުރުމަށް އިންޑިއާގެ ބޮޑެތި ޝޯވްތައް ހުށައަޅަމުން އަންނަ މަޝްހޫރު ޕްރެޒެންޓަރު އަދި އެކްޓަރު ހުސެއިން ކުވަޖަރުވާލާ ވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ހުސެއިން ކުވަޖަރުވާލާ ---

ހުސެއިން އާ އެއްކޮށް ޝޯވް ހުށައަޅައި ދިނުމަށް ދެން ބައިވެރިވަނީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު އައިމިނަތު ނަމްޒާ އެވެ.