29 Dec 2015, 16:46
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށްފައިވާ މައްސަލަތަކާ ގުޅިގެން ދައުލަތަށް އަނބުރާ ހޯދަންޖެހޭކަމަށް ފެންނަ ފައިސާގެ އަދަދު 637 މިލިއަނަށް އަރާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަތަކުގެ ތަފްސީލު ބަންޑާރަ ނައިބާ މިއަދު ހިއްސާކޮށްފައިވާކަމަށެވެ.
އޭސީސީން ބުނީ 2009 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ އެކިއެކި މައްސަލަތަކާ ގުޅިގެން ދައުލަތަށް އަނބުރާ ހޯދަންޖެހޭކަމަށް ފެންނަ 637,166,240.37 ރުފިޔާ ދައުލަތަށް އަނބުރާ ހޯދައިދިނުމަށް ކަމާ ބެހޭ މުއައްސަސާތަކުގައި އެދިފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދައުލަތަށް އަނބުރާ ހޯދަންޖެހޭކަމަށް ފެންނަ ފައިސާ އަނބުރާ ހޯދުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ހިމެނޭ 511,733,422.52 އާއި ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވާ މައްސަލަތަކުގައި ހިމެނޭ 125,432,817.85 ރުފިޔާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.