29 Dec 2015, 12:30
އާ އަހަރާ ދިމާކޮށް ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންއެއް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އާ އަހަރާ ދިމާކޮށް މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންދާ ކަމަށެވެ.
އެ އޮޕަރޭޝަންތަކުގައި ޕެޓްރޯލް ކުރުން އިތުރުކުރުމާއި ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން ދަންވަރު ވަގުތު ބޭނުމެއްނެތި މަގުމަތީ އުޅޭ ފަރާތްތަކާއި ސުވާލުކޮށް ތުުމަތު ކުރެވޭ މީހުން ބަލައި ފާސްކުރުމާއި ޓާމިނަލްތަކާއި ޓީޖެޓީ ސަރަހައްދު ބެލެހެއްޓުން ހިމެނޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފުލުހުން ހާއްސަ އޮަޕރޭޝަންތައް ކުރިއަށްގެންދާ އިރު ބަނގުރާބުއިން ފަދަ ކަންކަން އާ އަހަރާ ދިމާކޮށް ހިނގަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.