ލަންކާގެ ބްރައުން ހޮޓެލްސް އެންޑް ރިސޯޓުން ރާއްޖޭގައި ދެ ރިސޯޓެއް ހަދަން މަޝްވަރާކުރަމުންދާ ކަމަށް ކުންފުނިން ބުނެފި އެވެ.

އެކުންފުނިން ރާއްޖޭގައި ދެ ރިސޯޓެއް ހެދުމަށް މަޝްވަރާކުރަމުން ދާކަމަށް ބުނެ ލަންކާގެ ދަ ޑެއިލީ ނިއުސްގައި ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ރިސޯޓު ހަދަން މަޝްވަރާ ކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އެމީހުން ހާމަކޮށްފައެއް ނުވެ އެވެ.

އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. ލަންކާގެ ބްރައުން ކުންފުނިން ރާއްޖޭގައި ރިސޯޓެއް ހަދާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މާލޭހައި ހުރި ނަސަންދުރަ ޕެލެސް ހޮޓެލް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެކުންފުންޏާ އެވެ.