29 Dec 2015, 11:36
ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ސޯނަމް ކަޕޫރު އާ އަހަރުގެ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ ކޮއްކޮ ރެއާ ކަޕޫރު އަދި އެހެން ދެ އެކުވެރިންނާއެކު އެވެ. ސޯނަމް ވަނީ ރާއްޖެ އަށް އައި މަގުމަތީގައި އެ ހަތަރު މީހުން އެކުގައި ނަގާފައިވާ ފޮޓޯ އެއް ޓުވީޓު ކޮށްފަ އެވެ.

ސޯނަމް ޓުވީޓު ކުރި ފޮޓޯ ---
ސޯނަމް އާއި ކޮއްކޮ އަދި އޭނާގެ އެކުވެރިން އާ އަހަރުގެ ޗުއްޓީ ހޭދަ ކުރަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ސާފުވެފައެއް ނުވެ އެވެ. އަދި އެމީހުން ރާއްޖެ އިން ފުރާނެ ދުވަހެއް ވެސް ސާފުވެފައި ނުވެ އެވެ.
ސޯނަމް އަށް މި އަހަރު ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު އަހަރަކަށެވެ.
އޭނާ މިއަހަރު ސަލްމާން އާއެކު ކުޅުނު "ޕުރޭމް ރަތަން ދަން ޕާޔޯ" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރާ ދިމާކޮށް މަޝްހޫރު ގިނަ ފަރާތްތަކަކުން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އާދެއެވެ.
އެގޮތުން ރީތީގެ ރާނީ ޖެނިފާ ހޮވްކިންސް އާއި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްވެސް އާ އަހަރުގެ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަށް އައިސްފައި ވެއެވެ.