އެވިޑު ކޮލެޖަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރި ދެ ސުކޯލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާސްޓާ އޮފް އެޑިއުކޭޝަން ލީޑާޝިޕް އެންޑު މެނޭޖުމެންޓުގެ ދާއިރާގެ އެ ދެ ސޮކޯލާޝިިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން އިއްޔެ ނެރުނު އިއުލާނެއްގަ އެވެ.

އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ދެ ކޯހަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި މިހާރު ވެސް ހިދުމަތް ކުރަމުންދާ ޓީޗަރެއް ކަމުގައި ވުމާ އެކު، އެމްއެންކިއުއެފް ލެވެލް ހަތެއްގެ ސެޓްފިކެޓެއް އޮތް ފަރާތެއް ކަމުގައި ވާން ޖެހެ އެވެ.

އެ ދެ ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މި މަހުގެ ކުރީ ކޮޅު އެޑިއުކޭޝަން މިނިސްޓްރީއާ އެ ދެ ސްކޯލާޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އެވިޑު ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ، އެ ދެ ސޮކޯލާޝިޕަށް މީހުން ހޮވުމުގައި އަތޮޅުތެރޭގެ ސުުކޫލްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަނަށް އިސްކަން ދެއްވާނެ ކަމަށެވެ.

އަދި އެ ދެ ސްކޯލާޝިޕަށް ހޮވޭނީ އެންމެ މަތީ މާކުހެއް ހޯދާފައިވާ ފަރާތްތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.