ފާރަ ބޭނުންކޮށްގެން ކ. ހިންމަފުށީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައި ވަނީ ހައްްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް އަދި 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެހުރިހާ އެންމެނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ހިންމަފުށީ 22 ގެ އެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގެތަށް ބަލައި ފާސްކޮށް މަސްތުވާ ތަކެތި ކަމަށް ބެލެވޭ 10 ރަބަރު ޕެކެޓާއި ހަތް ސެލޯފޭން ކޮޅާއި އެއް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ބައެއް ސާމާނު ހޯދާފައިވާ ކަމަށެވެ.

ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ. އުމުރުން 26 އަހަރުގެ މީހާއަކީ ފުލުހަކަށް އަނިޔާ ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހަކަށް ވާއިރު 28 އަހަރުގެ މީހާއަކީ މަސްތުވާތަކެތީ ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި 39 އަހަރުގެ މީހާ އަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ހިންމަފުށީގައި މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި ހިއްމަފުށީ ޕޮލިސްސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.