29 Dec 2015, 00:38
ލިބިފައިވާ ޖިންސީ އަނިޔާތަކަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ގދ. ތިނަދޫ އަންހެން މީހާ މިރޭ މަރުވެއްޖެއެވެ.
ފުލުހުން ތުހުމަތު ކުރަނީ އެ އަންހެން މީހާއަށް ޖިންސީ އަނިޔާކޮށްފައި ވަނީ އޭނާގެ ފިރިމީހާ ކަމަށެވެ. އަދި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އެ އަންހެންމީހާ މިރޭ މަރުވެފައިވާކަން ފުލުހުން ވަނީ ސަން އަށް ކަށަވަރުކޮށްދީފައެވެ.
އޭނާ މަރުވެފައި ވަނީ ވެންޓިލޭޓަރުގެ އެހީގައި އަޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނަތާ ދެ ހަފްތާއެއްހާ ދުވަސް ވެފައި ވަނިކޮށެވެ.
ފުލުހުން ހައްޔަރުކޮށްފައިވާ އެ އަންހެން މީހާގެ ފިރިމީހާ އިބްރާހިމް ޝާހު 40،ގެ ބަންދުގެ މުއްދަތު މިހާރު ވަނީ ތިން ވަނަ ފަހަރަށް އިތުރުކޮށްފައެވެ.
އެ މައްސަލައިގެ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.