#SAFFSuzukiCup: Furathama faharah #Afghan athun balive semi final gai #Raajje #India aa kulhen jehijje
#SAFFSuzukiCup: Furathama faharah #Afghan athun balive semi final gai #Raajje #India aa kulhen jehijje

Last Updated:
10 year 11 month ago

ފުރަތަމަ ފަހަރަށް އަފްޣާން އަތުން ބަލިވެ ސެމީގައި ރާއްޖެ އިންޑިއާއާ ކުޅެން ޖެހިއްޖެ

    ބުލޮގު ޚުލާސާ

    20:11އަޙްމަދު މުޖްތަބާ

    ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އަފްޣާނިސްތާން އަތުން ފުރަތަމަ ފަހަރަށް ރާއްޖެ ބަލިވެ، ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލްގައި، މުބާރާތް ބާއްވާ ގައުމުކަމަށްވާ އިންޑިއާއާ ދެކޮޅަށް ކުޅެން އަނެއްކާވެސް ރާއްޖެއަށް ޖެހިޖެއެވެ.

    އަފްޣާން ޓީމުން މި މެޗު ކާމިޔާބުކުރީ 4-1 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

    އެންމެ ފަހުން 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ރާއްޖެ ވާދަކުރާން ޖެހުނީ އިންޑިއާއާ ދެކޮޅަށެވެ. އެފަހަރު އިންޑިއާއަތުން ރާއްޖެ ބަލިވ،ީ ނޭޕާލްގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅުނު ސެމީފައިނަލް މެޗުގެ 86 ވަނަ މިނިޓްގައި އަރްނަބް މޮންޑަލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

    މިފަހަރުގެ ސެމީގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ، އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު އިންޑިއާ ގަޑިން 15:30ގައި ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ. އަދި ދެވަނަ ސެމީގައި އަފްޣާނިސްތާނާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު އޮންނާނީ އެދުވަހު ހަވީރު އިންޑިއާ ގަޑިން 6:30ގައެވެ.

    މިއަދުގެ މެޗަށް ރާއްޖޭގެ ޓީމުން ނުކުތީ ފުރަތަމަ 11އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަހްމަދު އިމާޒް (އާއްކޮ)، އަސްހަދު އަލީ (އަޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ އަމްދާން (އެންޑީ) މިއަދުގެ މެޗު ފެށިއިރު ތިބީ ބެންޗުގައެވެ.

    މީގެ ކުރީން ރާއްޖެ އަތުން މޮޅުވެފައި ނުވާ އަފްޣާން ޓީމަށް މިއަދު ރާއްޖޭގެ ގޯލް ހުޅުވާލަ ދިނީ މެޗުގެ 20 ވަނަ މިނިޓްގައި އެޓީމުގެ ކެޕްޓަން ފައިސަލް ޝައެސްތާއެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ސައެސްތާއަށް ލިބުނު ބޯޅަ ރާއްޖޭގެ ޑިފެންޑަރުން ބީޓުކޮށްފައި ވަރަށް ރީތިކޮށް އޭނާ ވަނީ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

    އަފްޣާން ޓީމުން ލަނޑު ޖެހިތާ 12 މިނިޓް ފަހުން ރާއްޖޭ ޓީމުގެ އަލީ ފާސިރު (ސެންޓޭ) ވަނީ، ލަނޑެއް ކާމިޔާބުކޮށް ރާއްޖެއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ސެންޓޭ ވަރަށް ރީތިކޮށް އަފްޣާން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ގޯލް ކީޕަރުވެސް ކަޓުވާލާފައި ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި މި ލަނޑަކީ މި މުބާރާތުގައި އަފްޣާން ގޯލަށް ވަން ފުރަތަމަ ލަނޑެވެ.

    ރާއްޖެ މެޗުގެ ނަތީޖާ ހަމަކުރިތާ 2 މިނިޓް ފަހުން އަފްޣާން ޓީމުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިފައެވެ. މެޗުގެ 32 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ، މިޑްފީލްޑަރު އޮމިޑް ޕޮޕަލްޒީއެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފް ނިމުނީ 2-1 އިން އަފްޣާން ކުރީގައި އޮވެގެންނެވެ.

    އަފްޣާން ޓީމުން ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 51 ވަނަ މިނިޓްގައެވެ. އެޓީމަށް ލިބުނު ކޯނަރެއް ރާއްޖޭ ކުޅުންތެރީން ކްލިއަކޮށްލުމުން ޕެނަލްޓީ އޭރިޔާގެ ރޮނގުމަތީން އަހްމަދު އާރާޝް ހަތީފީއަށް ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލައިފައެވެ.

    އަފްޣާންގެ 4 ވަނަ ލަނޑު ކާމިޔާބުކުރީ އޭގެ ތިން މިނިޓް ފަހުންނެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ޕޮޕަލްޒީ އަފްޣާންގެ ހަތަރު ވަނަ ލަނޑު ޖަހައި ދިނީ 54 ވަނަ މިިނިޓްގައެވެ.

    ގައުމީ ޓީމުގެ ކޯޗް ރިކީ ހާބަޓް ފަހު ހާފުގައި ރާއްޖޭ ޓީމަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން އަސަދުﷲގެ ބަދަލުގައިހަމްޒާ މުހައްމަދު، އަހްމަދު ނާޝިދުގެ ބަދަލުގައި އަލީ އަޝްފާގު އަދި މުހައްމަދު އާރިފްގެ ބަދަލުގައި އިބްރާހީމް އަބްދުﷲ ކުޅެން އެރުވި ނަމަވެސް ރާއްޖޭ ޓީމަށް މެޗުގެ ނަތީޖާއާ އިތުރަށް ކުޅެލެވޭ ގޮތެއް ނުވިއެވެ.

    19:52

    މި ނަތީޖާއާއެކު އަފްޣާން މިވަނީ ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކޮށް، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައި. ސެމީގައި އަފްޣާން ވާދަކުރާން ޖެހޭނީ ސްރީ ލަންކާއާ. ސެމީގައި ރާއްޖެ ވާދަ ކުރާން ޖެހޭނީ މުބާރާތް ބާއްވާ އިންޑިއާއާ ދެކޮޅަށް.

    19:52

    މެޗު ނިމިއްޖެ.

    19:49

    އިތުރު ވަގުތުގެ 3 މިނިތް ކުޅުން ދައްކައިފި.

    19:48

    މިހާރު ކުޅެމުން ދަނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނިޓްގެ ކުޅުން.

    19:48

    މިހާރު ކުޅެމުން ދަނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނިޓްގެ ކުޅުން.

    19:47

    ރާއްޖެއަށް އަފްޣާންގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު އޮވައިސް އަޒީޒީ މަތަކޮށްފި.

    19:45

    އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، އެޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ދަގަނޑޭ ވަރަށް ބާރަށް ފޮނުވާލި ބޯޅަ ހަސަން އަމީންގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    19:44

    އަފްޣާން ގޯލް ކުރިމައްޗަށް ހަމްޕު ހުރަސްކޮށްލި ބޯޅަ އަފްޣާން ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ކޯނަރަކަސް ބޭރު.

    19:41

    ރާއްޖެ މިމެޗުން ބަލިވެއްޖެ ނަމަ ސެމީގައި ވާދަކުރާން ޖެހޭނީ އިންޑިއާއާ ދެކޮޅަށް. އަދި އަފްޣާން އަތުން ބަލިނުވެ ރާއްޖެ ދަމަހައްޓަމުން އައި ރެކޯޑްވެސް ނިމުމަކަށް އައީ.

    19:39

    ރާއްޖެ ޓީމުން ބަކާގެ ބަދަލުގައި އިބްރާހީމް އަބްދުﷲ ކުޅެން ނުކުމެއްޖެ.

    19:33

    ރާއްޖޭ ޓީމުން ބަދަލެއް ގެންނަނީ. އަހްމަދު ނާޝީދު (ނާއްޓޭ)ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ).

    19:33

    ރާއްޖޭ ޓީމުން ބަދަލެއް ގެންނަނީ. އަހްމަދު ނާޝީދު (ނާއްޓޭ)ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ).

    19:33

    ރާއްޖޭ ޓީމުން ބަދަލެއް ގެންނަނީ. އަހްމަދު ނާޝީދު (ނާއްޓޭ)ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ).

    19:25

    ޒުބޭރު އާމިރީ ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހިފައި ގޮސް ބޭރަށް ނުކުގީ ގޯލް ދަނޑީގައި ޖެހިފައި. ރާއްޖޭ ގޯލަށް ނުރައްކާ ބޯޅައެއް.

    19:22

    އަފްޣާން ޓީމުން ފަހު ބަދަލު. ކެޕްޓަން ސައެސްތާގެ ބަދަލުގައި ކުޅެން އެރީ ޚައިބަރު އަމާނީ.

    19:20

    ރާއްޖޭ ޓީމުން ބަދަލެއް. އަސަދުﷲގެ ބަދަލުގައި ކުޅެން ނުކުތީ ހަމްޒާ މުހައްމަދު (ހަމްޕު)

    19:14
    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    19:12

    އަފްޣާން އަނެއްކާވެސް ލަނޑު ޖަހައިފި. މިފަހަރު އެޓީމަށް ލަނޑު ޖަހައި ދިނީ އޮމިޑް ޕޮޕަލްޒީ.

    19:09

    އަފްޣާން އަނެއްކާ ވެސް ލަނޑެއް ޖަހައިފި. އެޓީމަށް ލިބުނު ކޯނަރެއް ރާއްޖޭ ކުޅުންތެރީން ކްލިއަކޮށްލުމުން ޕެނަލްޓީ އޭރިޔާގެ ރޮނގުމަތީން އަހްމަދު އާރާޝް ހަތީފީއަށް ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލަށް ވައްދާލާފައި.

    19:08

    އަފްޣާން ޓީމުން އަނެއްކާވެސް ބަދަލެއް. އަނޫޝް ދަސްތުގިރުގެ ބަދަލުގައި ކުޅެން އެރީ ސައީދު މުހައްމަދު ހާޝިމީ.

    19:03

    ދެވަނަ ހާފް ފަށައިފި.

    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    19:03

    އަފްޣާން ޓީޟުން ދެވަނަ ހާފަށް މި ނުކުތީ ބަދަލަކާއެކު. އޮމިޑް ހޮމައިނީގެ ބަދަލުގައި ކުޅެން އެރީ މުސްތަފާ ހަދީދީ.

    19:01

    ދެވަނަ ހާފް ފަށަން ދެޓީމުގެ ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ.

    18:49

    ފުރަތަމަ ހާފް ނިމިއްޖެ.

    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    18:47

    އަފްޣާން އޭރިޔާތެރެއަށް އީސަ ހުރަސްކޮށްލި ބޯޅަ އަސައްކޮގެ ބޮލުގައި ޖެހިފައި ނާއްޓެއަށް ލިބުމުން ނާއްޓެ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    18:45

    އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.

    18:40

    އަފްޣާން ޕެނަލްޓީ އޭރިޔާގެ އަރިމަތިން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން އިސްމާއިލް އީސާ (މެސީ) އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ހުރަސް އަސައްކޮ ބޮލުން ޖަހައި ފޮނުވާލިނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށް.

    18:35

    އަފްޣާންގެ ދެވަނަ ލަނޑު ޖެހީ އެޓީމަށް ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލްތެރެއަށް ފޮނުވާލައިގެން. އެލަނޑު ކާމިޔާބުކޮށްދިނީ، އޮމިޑް ޕޮޕަލްޒީ.

    18:34

    އަފްޣާން ދެވަނަ ލަނޑު ޖަހައިފި.

    18:33

    ސެންޓޭގެ މި ލަނަޑަކީ އަފްޣާން ކޮޅަށް މި މުބާރާތުގައި ވަން ފުރަތަމަ ލަނޑު.

    18:32

    ރާއްޖެ ލަނޑު ޖަހައިފި. ސެންޓޭ ވަރަށް ރީތިކޮށް އަފްޣާން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ގޯލް ކީޕަރުވެސް ކަޓުވާލާފައި ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ.

    18:28

    އަފްޣާން ގޯލް އޭރިޔާތެރޭން އަސައްކޮ ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    18:21

    ޜާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރުން ސައެއްތާއަށް ލިބުނު ބޯޅަ ޑިފެންޑަރުން ބީޓުކޮށްފައި ވަރަށް ރީތިކޮށް އޭނާ ވަނީ ގޯލްތެރެއަށް ބޯޅަ ފޮނުވާލާފައި.

    18:21

    ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރުން ސައެސްތާއަށް ލިބުނު ބޯޅަ ރާއްޖޭގެ ޑިފެންޑަރުން ބީޓުކޮށްފައި ވަރަށް ރީތިކޮށް އޭނާ ވަނީ ގޯލްތެރެއަށް ބޯޅަ ފޮނުވާލާފައި.

    ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސްއެމްވީ
    18:20

    އަފްޣާނިސްތާން ލަނޑު ޖަހައިފި. ލަނޑު ޖެހީ އެޓީމުގެ ކެޕްޓަން ފައިސަލް ސައެސްތާ.

    18:18

    ރާއްޖެއަށް ލިބުނު ކޯނަރުން އަފްޣާން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަސަދުﷲ ވަރަށް ބާރަށް ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    18:17

    ސެންޓޭ ވަރަށް ރީތިކޮށް އަފްޣާން ހާފުގެ މެދެއްހާ ހިސާބުން އަރިމަތިން އަފްޣާން ޕެނަލްޓީއޭރިޔާ ތެރެއަށް ނަގައިދިން ހުރަސް ނާޓޭ ބޮލުން ޖަަހަައި ގޯލަށް ފޮނުވާލި. އެހެން ނަމަވެސް އަފްޣާނު ކުޅުންތެރީން ކޯނަރަކަށް ބޭރުކޮށްލީ.

    18:15

    ސެންޓޭ ވަރަށް ރީތިކޮށް އަފްޣާން ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަށް ނާއްޓޭ ފުންމައިގެން އެރި. އެހެން ނަމަވެސް ބޯޅަ ދިޔައީ ތަންކޮޅެއް މަތީން.

    18:14

    ހިލޭޖެހުން ކުރިއަށް ފޮނުވާލީ ސެންޓޭ. ސެންޓޭ ފޮނުވާލި ބޯޅަ ގޯލް ކީޕަރުގެ އަތުގައި ޖެހިފައި ގޯލްދަނޑީގެ އަރިމަތިން ކޯނަރަކަށް ބޭރު.

    18:14

    އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ކުޅުންތެރިއަކު ސެންޓޭއަށް ފައުލުކުރުމުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    18:08

    މިއަދުގެ މެޗު ބަލަން މިހާރުވެސް ދެހާހެއްހާ ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެއްޖެ. ސަޕޯޓަރުން އަދިވެސް ދަނީ ދަނޑަށް ވަންނަމުން.

    18:05

    މިއަދުގެ މެޗު މި ދެޓީމަށް ވެސް މުހިއްމު ވާ އެއް ސަބަބަކީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިއުން. މީގެ އިތުރުން އަފްޣާނަށް މިމެޗު މުހިއްމުވާ އަނެއް ސަބަބަކީ އެޓީމަށް މިހާތަނަށް ރާއްޖެ ބަލިކުރެވިފައި ނުވުން. ހަމަ އެހެންމެ ރާއްޖެއަށް އެރެކޯޑް ދަމަހައްޓަންވެސް މި މެޗު މުހިއްމު.

    18:05

    އަފްޣާނަށް ކޯނަރެއް.

    18:04

    އަފްޣާން ޕެނަލްޓީ އޭރިޔާގެ ބޭރުން އަލީ ފާސިރު (ސެންޓޭ) އަހްމަދު ނާޝިދު (ނާއްޓޭ)އަށް ޖައްސާލި ބޯޅަ ނާއްޓެއަށް އަފްޣާން ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި.

    18:00

    މެޗު ފަށައިފި.

    އަފްގާނިސްތާނާއި ރާއްޖެ ބައްދަލު ކުރާ މެޗު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    އަފްގާނިސްތާނާއި ރާއްޖެ ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ
    އަފްގާނިސްތާނާއި ރާއްޖެ ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ
    18:00

    ރާއްޖެ ޓީމު މިއަދު ތިބީ ނޫ ޖާޒީގައި. އަފްޣާން ރަތް ޖާޒީގައި.

    17:59

    މެޗު ކިކްއޮފް ކުރަނީ އަފްޣާން ޓީމުން.

    17:59

    މިއަދު ރާއްޖޭ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ހުރީ މުޅި މި މުބާރާތުގައި ވެސް ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާ އިމްރާން މުހައްމަދު (އިންމަ).

    17:58

    ދެޓީމު ގައުމީ ދެގައުމުގެ ގައުމީ ސަލާމަށް ފަހު، އޮފިޝަލުންނާއކެު މެޗު ފެށުމަށް ދަނޑަށް އަރައިފި.

    17:56

    އަފްޣާނިސްތާންގެ ފުރަތަމަ 11:

    • އޮވަސް އަޒީޒީ –ގކ-

    • ޙަސަން އަމީން
    • ރޫހްﷲ އިޤްބާލްޒާދީ
    • އަނޫޝް ދަސްތަގިރު
    • ޒުބޭރު އަމީރީ
    • ފައިސަލް ޝަޔަސްތާ - ކ –
    • މުސްޠޮފާ ޒާޒީ
    • އަޙްމަދު އަރަޝް ހާތިފީ
    • އޮމިޑް ޕޮޕަލަޒީ
    • ފާދިން ހާކިމް
    • އޮމިޑް ހަމާއުނީ
    17:53

    ރާއްޖޭ ޓީމުގެ ފުރަތަމަ 11:

    • އިމްރާން މުހައްމަދު –ކ- ، - ގކ -

    • ޝާފިއު އަހުމަދު (ޝާފީ)
    • އަހްމަދު އަބްދުﷲ (ލިލީ)
    • ސަމްދޫހް މުހައްމަދު
    • ސަމޫހް ޢަލީ (ސަމުއްޓޭ)
    • މުޙައްމަދު ޢާރިފް (ބަކާ)
    • އަސަދުﷲ ޢަބްދުﷲ (އަސައްކޮ)
    • އިސްމާޢިލް ޢީސާ (މެސީ)
    • ޙަސަން ނާއިޒު (ދާދު)
    • ޢަލީ ފާސިރު ( ސެންޓޭ)
    • އަހްމަދު ނާޝިދު (ނާއްޓޭ)
    17:51

    ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަހްމަދު އިމާޒް (އާއްކޮ)، އަސްހަދު އަލީ (އަޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ އަމްދާން (އެންޑީ) މިއަދުގެ މެޗު ފަށާއިރު ތިބޭނީ ބެންޗުގައި.

    17:49

    މިއަދުގެ މެޗަށް ނިކުންނައިރު ގައުމީ ޓީމަށް ކޯޗް ރިކީ ހާބަޓް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އެގޮތުންފުރަތަމަ 11ގައި އާންމުކޮށް ހިމެނޭ 5 ކުޅުންތެރީން ބަދަލު ކުޅުންތެރީންގެ ގޮތުގައި އެބަތިބި.

    17:46

    ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ދިވެހީން މިހާރު ދަނީ ދަނޑަށް ވަންނަމުން.

    17:46

    މިހާރު ދެ ޓީމުގެ ކުޅުންތެރީންވެސް ދަނޑަށް އަތުވެއްޖެ.

    17:45

    މެޗު ފަށާނީ އިންޑިއާ ގަޑިން 6:30ގައި ރާއްޖޭ ގަޑިން 6:00ގައި.