28 Dec 2015, 16:42
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމީން އެ އިދާރާ އުފެއްދެވީސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާމަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމުގެ ގޮތުންކަމަށެވެ.
ރައީސް އެ އިދާރާ އުފެއްދެވީ ގާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ އިދާރާ ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެކުރިން ރައީސް ޔާމީން ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބޯޑުގެ ޗެއާމަންކަމަށް އިނިކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސަވައިފައެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްގެ ސެކްރެޓޭރިއެޓްގެ އޮފީހުގެ މަސައްކަތްތައް
ބޯޑް
އޮފްއިންވެސްޓްމަންޓްގެނިންމުންތައްނިންމުމުގައިބޯޑަށްބޭނުންވާދިރާސާތައްކުރުން.- ބޯޑް އޮފް އިންވެސްޓްމަންޓަށް ބޭނުންވާނެ މައުލޫމާތާއި ތަފާސްހިސާބު ހޯދުން.
- ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ތަންފީޒުކުރުން.
- ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- ބޯޑް އޮފް އިންވެސްޓްމަންޓާއި ޓެކްނިކަލް ކޮމިޓީއާ ދޭތެރޭގައި ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން.
- ބޯޑް އޮފް އިންވެސްޓްމަންޓުގެ ނިންމުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ބޯޑުގެ ބައްދަލުވުންތަކުގެ ރިކޯޑު ބެލެހެއްޓުމާއި، ބޯޑުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޯޑުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާގަވާއިދުތަކާއި އެނޫން ގާނޫނުތަކުން ބޯޑް އޮފް އިންވެސްޓްމަންޓުގެ މަސްއޫލިއްޔަތުކަމުގައި ހަމަޖައްސާ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުން.
- ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ތަންފީޒުކުރުމުގައި ބޯޑް އޮފް އިންވެސްޓްމަންޓަށް އެހީތެރިވެދިނުން.
- ގާނޫނުގައިވާ ގޮތުގެ މަތިން ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ދޭންޖެހޭ އިދާރީ، ފަންނީ އަދި އެހެނިހެން އެހީތެރިކަން ދިނުން.