#SAFFSuzukiCup: #Bhutan athun 3-0 in molhuve 3 point aa eku #Bangladesh in mubaaraaiy nimmaalaifi
#SAFFSuzukiCup: #Bhutan athun 3-0 in molhuve 3 point aa eku #Bangladesh in mubaaraaiy nimmaalaifi

Last Updated:
10 year 11 month ago

ބޫޓާން އަތުން މޮޅުވެ ތިން ޕޮއިންޓާއެކު ބަންގާޅުން މުބާރާތް ނިންމާލައިފި

    ބުލޮގު ޚުލާސާ

    ޓްރިވެންޑްރަމް އިންޓަނޭޝަންލް ސްޓޭޑިއަމުން އަހްމަދު މުޖްތަބާ، ހުސައިން ހަބީބު.

    #SAFFSuzukiCup: #Bhutan athun 3-0 in molhuve 3 point aa eku #Bangladesh in mubaaraaiy nimmaalaifi
    #SAFFSuzukiCup: #Bhutan athun 3-0 in molhuve 3 point aa eku #Bangladesh in mubaaraaiy nimmaalaifi

    ސާފް ސުޒުކީ ކަޕްގައި ބޫޓާނާއި ބަނގުލަދޭޝް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    17:07އަޙްމަދު މުޖްތަބާ

    ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބޫޓާން އަތުން 3-0 ލަނޑުން ފަސޭހަކަމާއެކު ބަނގުލަދޭޝް މޮޅުވެ ތިން ޕޮއިންޓް ހޯދައިގެން ބަންގާޅުން މުބާރާތް ނިންމާލައިފިއެވެ.

    މިއަދުގެ މެޗަށް ނުކުތްއިރު މިދެޓީމަށް ވެސް ވަނީ ގްރޫޕް ސްޓޭޖްގައި ފުރަތަމަ ކުޅުނު ދެމެޗުން ބަލިވެ ސެމީގެ ފުރުސަތު ގެއްލިފައެވެ.

    ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު މެންދުރުފަހު ގަދަ ހޫނުގައި މި ދެޓީމު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ބަންގާޅަަށް ކާމިޔާބުކޮށްދިނީ، މެޗުގެ 8 ވަނަ މިނިޓްގައި އެޓީމުގެ ޓޮޕޫ ބަރުމަންއެވެ. ޓޮޕޫ ލަނޑު ޖެހީ އެޓީމަށް ލިބުނު ކޯނަރަކުން ރޮނީ ގޯލް ކުރިމައްޗަށް ފޮނުވާލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

    މެޗުގެ 21 ވަނަ މިނިޓްގައި ބޫޓާނަށް އުނދަގޫތަކަކާ ކުރިމަތިވީ އެޓީމުގެ ޑިފެންޑަރު ޗިމީ ޖޯޑީއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ޗިމީ ޑޯޖީއަށް ރެފްރީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ، ބަންގާޅުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ޕެނަލްޓީއޭރިޔާތެރެއަށް ވަންނަނިކޮށް އޭނާއަށް ފައުލުކުރުމާ ގުޅިގެންނެވެ. އަދި އެއާއެކު ރެފްރީ ވަނީ ބަންގާޅަށް ޕެނަލްޓީއެއް ދީފައެވެ. މެޗުގެ 24 ވަނަ މިނިޓްގައި އެ ޕެނަލްޓީ ގޯލްތެރެއަށް ފޮނުވާލައިގެން ބަންގާޅުގެ 2 ވަނަ ލަނޑު ޖަހައިދިނީ، ޝަކަވަތު ރޮނީއެވެ.

    މި މެޗުގައި ބޫޓާންގެ ޗިމީ ޖޯޑީއަށް ދެއްކި ރަތްކާޑަކީ މިފަހަރުގެ މުބާރާތުގައި ވެސް ދެއްކި ފުރަތަމަ ރަތްކާޑެވެ.

    މި ނަތީޖާއާއެކު ފުރަތަމަ ހާފް ނިމިފައިވާއިރު، ބަންގާޅުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނީއެވެ. ރޯނީގެ އެ ލަނޑަކީ ވަރަށް ރީތިކޮށް ބޫޓާން ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ގޮސް އެޓީމުގެ ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

    މި ނަތީޖާއާއެކު މެޗު ނިމުމުން ބަންގާޅަށް ވަނީ ގްރޫޕްގެ ތިންވަނަ ލިބިފައެވެ. އަދި ބޫޓާން ހުސްއަތާ މުބާރާތް ނިންމާލި އިރު، ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ޔަގީން ވާނީ މިއަދު ހަވީރު އިންޑިއާ 6:30ގައި ރާއްޖެއާއި އަފްޣާން ބައްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ.

    16:52

    މެޗު ނިމިއްޖެ.

    16:50

    ބޫޓާން އޭރިޔާ ތެރެއަށް ޒާހިދު ނަގައިދިން ހުރަސް ވަރަށް ރީތިކޮށް ސޮހޭލް ރަނާ ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    16:44

    ބޫޓާންގެ ކުއެންގާ ބަންގާޅުގެ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.

    16:42

    ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ދަނޑުގެ އަރިމަތިން ބަންގާޅަށް ލިބުނު ހިލޭ ޖެހުމަކުން ޒާހިދު، ބޫޓާން އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ބަންގާޅު ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    16:37

    ބަންގާޅު ޓީމުން ބަދަލެއް. ނަބިބް ނެވާޖް ޖިބޯންގެ ބަދަލުގައި ކުޅެން އެރީ ސޮހޭލް ރަނާ.

    16:35

    ޒާހިދު ވަރަށް ރީތިކޮށް ބޫޓާން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ރޮނީ ހަމަ އެހާރިތިކޮށް ގޯލް ތެރެއަށް ފޮނުވާލި، އެެހެން ނަމަވެސް އޭނާ އޭރު ހުރީ އޮފްސައިޑްގައި ކަމަށް ލައިންސްމަން ދެއްކީ.

    16:32

    ބަންގާޅު ޓީމުގެ ޒާހިދު ހުސައިން ބޫޓާންގެ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ޖިބޯންއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި. ބޯޅަ ދިޔައީ އޭރާނެގ ފައިގައި ޖެހިފައި ގޯލްގެ އަރިމަތީ ދަނޑީގެ ކައިރިން ބޭރަށް. މިއީ މި މެޗުގައި ބަންގާޅަށް ލަނޑު ޖަހަން ލިބުނު އެންމެ ރީތި އެއް ފުރުސަތު.

    16:28

    ބޫޓާން ޕެނަލްޓީ އޭރިޔާގެ އަރިމަތިން ބަންގާޅު ކުޅުންތެރިއަކު ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޯޅައަށް އެރި، ނަބީބުއަށް ލިބޭގޮތެއް ނުވި.

    16:25

    ބަންގާޅުން ލަނޑެއް ޖަހައިފި. ޝަކަވަތު ރޯނީ ވަރަށް ރީތިކޮށް ބޫޓާން ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ގޮސް އެޓީމުގެ ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލްގެ ތިރީ ކަނަށް ދިޔައީ.

    16:23

    ޗެންޗޯ ފޮނުވާލި ހިލޭ ޖެހުން، ބަންގާޅުގެ ޑިފެންސްވޯލްގައި ޖެހިފައި ބޭރަށް ނުކުތްވަގުތު އަނެއްކާ ވެސް ލިބުނީ ޗެންޗޯއަށް. އެހެންނަމަވެސް އޭނާ ދެވަނަ ފަހަރާށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

    16:21

    ބަންގާޅު ގޯލް ކުރިމަތިން ޕެނަލްޓީ އޭރިޔާ ބޭރުން ބޫޓާނަށް ހިލޭ ޖެހުމެއް. ބޯޅަ ފޮނުވާލަން ގޮސް ހުރީ ޗެންޗޯ.

    ސާފް ސުޒުކީ ކަޕްގައި ބޫޓާނާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފާޔާޒު މޫސާ
    16:19

    އަނެއްކާވެސް ކެޒާން ވަންޖީގެ ނުރައްކާތެރި ހަމަލާއެއް ބަންގާޅު ގޯލަށް. ޕެނަލްޓީ އޭރިޔާގެ ބޭރުން އޭނާ ވަރަށް ބާރަަށް ފޮނުވާލި ބޯޅަ ކީޕަރު ސާހިދުލް އަލަމްގެ އަތުގައި ޖެހިފައި ބޭރަށް ނުކުތީ.

    16:16

    ބަންގާޅުގެ ޕެނަޕްޓީ އޭރިޔާ ބޭރުން ބޫޓާންގެ ކެޒާންގ ފޮނުވާލި ބާރު ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

    16:10

    ބަންގާޅުގެ ކުޅުންތެރިއަކު ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    16:06

    ބަންގާޅުގެ ހެމޮންޓާ ބިސްވާއަށް ވަރަށް ރީތިކޮށް ބޫޓާން ޕެނަލްޓީ އޭރިޔާގެ ބޭރު ކަނާދިމާއިން އޭރިޔާ ތެރޭން ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.

    16:04

    ދެވަނަ ހާފް ފަށައިފި.

    16:02

    ދެވަނަ ހާފްގެ ކުޅުން ފަށަން ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

    15:48

    ފުރަތަމަ ހާފް ނިމިއްޖެ.

    15:46

    އިތުރުވަގުތުގެ 2 މިނިޓް.

    15:44

    ޗެންޗޯ އަނެއްކާވެސް ބޯޅަ ހިފައިގެން ބަންގާޅު ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ. ޗެންޗޯއަށް އެހާ ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި.

    15:39

    ބޫޓާންގެ ޗެންޗޯ ބޯޅަ ހިފައިގެން ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    15:35

    މިއަދަކީ މި މުބާރާތް ފެށިފަހުން ވެސް މެޗު ކުޅޭ ގަޑީގައި ދަނޑަށް އެންމެ ހޫނު ގަދަ ދުވަސް. ދަނޑުގެ ފިނިހޫނުމިން މިވަގުތު ހުރީ 32 ޑިގްރީ ސެލްސިއަސްގައި. ވައިގެ ތެތްކަން ހުރީ، 62 ޕަސެންޓް. ވައިޖެހެނީ ގަޑިއަކު 8 ކިލޯމީޓަރުގެ ބާރުމިނުގައި.

    15:26

    ބުޓާން ކުޅެމުން މިދަނީ 10 ކުޅުންތެރިންނާއެކު. އެޓީމުގެ ޑިފެންޑަރު ޗިމީ ޑޯޖީއަށް ރެފްރީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ، ބަންގާޅުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ޕެނަލްޓީއޭރިޔާތެރެއަށް ވަންނަނިކޮށް އޭނާއަށް ފައުލުކުރުމާ ގުޅިގެން.

    15:24

    ބަންގާޅަށް ލިބުނު ޕެނަލްޓީ ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލީ، ރޮނީ.

    15:24

    ކާޑު ދެއްކީ ބޫޓާނުގެ ޗިމީ ޑޯޖީއަށް.

    15:23

    މިއީ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ރަތްކާޑު.

    ސާފް ސުޒުކީ ކަޕްގައި ބޫޓާނާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    ސާފް ސުޒުކީ ކަޕްގައި ބޫޓާނާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    ސާފް ސުޒުކީ ކަޕްގައި ބޫޓާނާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    15:22

    ބޫޓާން ކުޅުންތެރިއަކަށް ރަތްކާޑު ދައްކައިފި.

    15:19

    އަނެއްކާވެސް ޗެންޗޯ ބަންގާޅުގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިޔައީ ގޯލްދަނޑީގެ ކުޑަތަންކޮޅެއް އަރިމަތިން ބޭރަށް.

    15:16

    ބޫޓާންގެ ޗެންޗޯ ބަންގާޅުގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    15:13

    ބަންގާޅު ޓީމުން އަނެއްކާވެސް ހަމަލާއެއް. އެޓީމުގެ ނެވާޖް ޖިބޯން ބޫޓާން ގޯލް އޭރިޔާގެ އަރިމަތިން ގޯލަށް ފޮނުވާލި ބާރު ޝޮޓް އަމާޒުމީ ގޯލްގެ އަރިމަތީ ދާގަނޑަށް.

    15:12

    ޓޮޕޫ ލަނޑު ޖެހީ އެޓީމަށް ލިބުނު ކޯނަރަކުން ރޮނީ ގޯލް ކުރިމައްޗަށް ފޮނުވާލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެން.

    15:07

    ބަނގުލަދޭޝް ލަނޑު ޖަހައިފި. އެޓީމަށް ލަނޑު ޖަހައި ދިނީ ޓޮޕޫ ބަރުމާން.

    15:06

    ބަންގާޅުގެ ހަމަލާއެއް ބޫޓާން ގޯލަށް. ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން ރޮނީ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ގޯލް އަރިމަތިން ބޭރު.

    15:03

    ބޫޓާންގެ ފުރަތަމަ 11:

    • ހަރީ ގުރަންގް -ގކ-

    • ޗިމީ ޑޯޖީ
    • ޖިމީ ޝެރިން ޑޯޖީ
    • މަން ބަހާދަރު ގުރަންގް
    • ކަރުން ގުރުންގް –ކ-
    • ދިވާޝް ޝުބާ
    • ލަންގުޓަކު ދަވާ
    • ޝެރިން ވަންޖީ
    • ޝެރިން ޑޯޖީ
    • ބިރެން ބާސްނެޓް
    • ޗެންޗޯ ގިއަލްސްޓަން
    15:01

    މެޗު ފަށައިފި.

    15:01

    މިއަދުގެ މެޗަށް ނުކުތްއިރު މި ދެޓީމުގެ ވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައި.

    14:58

    ދެޓީމުގެ ކުޅުންތެރީން މެޗު ފެށުމަށް ދަނޑަށް އަރައިފި.

    14:52

    ބަނގުލަދޭޝްގެ ފުރަތަމަ 11:

    • އެމްޑީ ޝާހިދުލް އަލަމް –ގކ-

    • ޖަމާލު ބޫޔާން
    • އެމްޑ.ީ އެން. އިސްލާމް ނާޞިރު
    • އެމްޑީ ޔާސީން ޚާން
    • މަމުނުލް އިސްލާމް މައުމުން -ކ-
    • ހެމާންޓާ ވީސެންޓް ބިސްވާސް
    • އެމްޑީ މޯނަމް ޚާން ރާޖޫ
    • ޓޮޕޫ ބާމަން
    • އެމްޑީ ނާބިބު ނިއުވާޖް ޖިބޯން
    • މުހައްމަދު ޝަކުވަތު ރޮނީ
    • އެމްޑީ ވާލީ ފައިސަލް