28 Dec 2015, 14:32
ސްރީލަންކާގެ ނޫރައްލިޔާގައި ދިވެހިން ދަތުރު ކުރި ވޭނެއް ޑްރައިވަރަށް ނިދުމުގެ ސަބަބުން ފުރޮޅާލައިގެން ވެއްޓިއްޖެ އެވެ.
ވޭނުގައި އެވަގުތު ތިބި މީހުންގެ ގާތްމީހަކު 'ސަން' އާ ވާހަކަދައްކަމުން ބުނީ ވޭން ފުރޮޅާލީ ޑްރައިވަރަށް ނިދުމުގެ ސަބަބުން ކަމަށާއި ނަމަވެސް ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކަމަށް އެމީހާ ބުންޏެވެ. އެ ހާދިސާގައި ޑްރައިވަރަށް އަނިޔާތަކެއް ލިބިފައިވާ ކަންވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.