އަންނަ ބުރާސްފަތި ދުވަހަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ހިދުމަތްތައް ބަންދު ދުވަހެއް ކަމުގައި އެ އޮތޯރޮޓީ އިން ނިންމައިފިއެވެ.

އެމްއެމްއޭ އިން އެކަން އަންގާފައިވަނީ މިއަދު ނެރުނު އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނާގޮތުން، އެ އޮތޯރިޓީގެ ބޭންކިންގު ޚިދުމަތް ދިނުމުމުގެ މަސައްކަތް މިއަހަރު ކުރާ އެންމެ ފަހު ދުވަހަކީ 30 ޑިސެމްބަރު ވާ ބުދަ ދުވަހެވެ.

ދެން އެ އޮތޯރިޓީގެ ބޭންކިންގު ޚިދުމަތްތައް ދޭން ފަށާނީ އަންނަ އާދިއްތަ ދުވަހުގައި ކަަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައިވަ ގޮތުން، އެދުވަހު އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 މެންދުރު 02:00 ށެވެ.

ނަމަވެސް، އެހެނިހެން ދުވަސްތަކުގައި އެމްއެމްއޭގެ ބޭންކިންގު ހިދުމަތް ކުރިއެކޭ ވެސް އެއްފަދައިން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30 ހަވީރު 02:00 ދޭވެނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.