ކިޑުނީއަކީ ހަށިގަނޑުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. ލޭގައި ހުންނަ ބޭކާރު އަދި ބޭނުމެއް ނެތް ކުނި ބުނިން ހަށިގަނޑު ސާފުކޮށްދޭ މި ގުނަވަން ވަރަށް ރައްކާތެރިކަމާ އެކު ބަލަހައްޓަން ޖެހެ އެވެ.

ތިމާގެ ކިޑުނީ ބައްޓަން ކުރާ ގޮތަކުން ކިޑުނީ އަށް ވަރަށް ބޮޑު އަސަރެއް ކުރެ އެވެ. އެގޮތުން މަދުން ފެން ބުއިމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން އަދި ބަންދުކޮށްފައި ހުންނަ ތަފާތު ބާވަތްބާވަތަކުގެ ބުއިންތައް ބޭނުން ކުރާ ނަމަ ކިޑުނީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި އެވެ.

ކިޑުނީގައި ހިލަ އުފެދުމަކީ އެފަދަ އެއް މައްސަލައެވެ. އެއީ ބިރުވެރި އެހާމެ ނުރައްކާތެރިވެސް ކަމެކެވެ. އަދި ހަމައެހާމެ ވޭން ވެސް ހުރި ކަމެކެވެ.

އެތައް ބަޔަކަށް ދިމާވެފައިވާ އެ މައްސަލަ ހައްލު ކުރުމަށް ގޭގައި ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. އެގޮތުން ތަރުކާރީ އާއި މޭވާ ޖޫސް ގިނައިން ބޭނުން ކުރެވިދާނެ އެވެ.

އޭގެ ތެރެއިން ވެސް، ހިލަތައް ވިރުވާލަ ދިނުމަށް މުހިއްމު ދައުރެއް އަދާ ކުރާ ތިން ޖޫހެއް ވެ އެވެ. އެއީ ކަރާ ޖޫހައި، އަންނާރު އަދި ލުނބޯ ޖޫހެވެ.

ކަރާ ޖޫސް

ކަރަލަކީ ގިނަ އަދަދަކަށް ޕޮޓޭޝިއަމް އާއި ފެން އެކުލެވޭ މޭވާ އެކެވެ. ފެނާއި ޕޮޓޭޝިއަމް އަކީ ދުޅަހެޔޮ ކިޑުނީ އަކަށް ވަރަށް މުހިއް ދެ މާއްދާ އެވެ.

ކަރާ ޖޫސް ބުއިމުން ކުޑަކަމުދާ ތަކެތީގައި އެކުލެވޭ އެސިޑުގެ ބައި ރެގިއުލޭޓުކޮށް، މެއިންޓެއިން ކުރުމަށް އެހީތެރިވެދޭނެ އެވެ. އާދަކޮށް ކޮންމެ ދުވަހަކު ކަރާ ޖޫސްތައްޓެއް ބޯނަމަ ކިޑުނީގައި އުފެދިފައި ހުންނަ ހިލަތައް ނައްތާލުމަށް ފަސޭހަ ވާނެ އެވެ.

އަންނާރު ޖޫސް

ކިޑުނީގައި އުފެދިފައި ހުންނަ ހިލަތައް ނައްތާލުމަށް އަންނާރު ޖޫސް ވެސް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. އޭގެ ޖޫހާއި އެއްވަރަށް އަންނާރު އޮށަކީ ވެސް ކިޑުނީއަށް ހަމަ އެހާމެ މުހިއްމު އެއްޗެކެވެ.

އެހެންކަމުން ކިޑުނީގައި ހުންނަ ހިލަ ނައްތާލުމަށް ތާޒާ އަންނާރު ކެއުމަށްވެސް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ އޭގެ ދިޔަވެސް ބޭނުން ކުރެވިދާނެ އެވެ.

ލުނބޯ ޖޫސް

ކިޑުނީގައި އުފެދިފައި ހުންނަ ހިލަ ނައްތާލުމަށް ކަރަލާއި އަންނާރަށް ވުރެ ލުނބޯ މާ ރަނގަޅު ކަމަށް ފާހަގަ ކުރެވެ އެވެ.

ލުނބޯއަކީ އަގު ހެޔޮ އަދި ފަސޭހަކަމާ އެކު ލިބެން ހުންނަ މޭވާ އެކެވެ. ކިޑުނީގައި އުފެދިފައި ހުންނަ ހިލަތައް ނައްތާލުމަށް އެހެނިހެން މޭވާ އަށްވުރެ ލުނބޯ މާ އަވަހެވެ.

އެގޮތުން ލުނބޯ ޖޫސް ހެނދުނު އެއްތަށި އަދި ހަވީރު އެއް ބޭނުން ކުރާށެވެ. ކިޑުނީގައި އުފެދިފައި ހުންނަ ހިލަ ވަރަށް އަވަހަށް ނައްތާލާނެ އެވެ.