ދިވެހި ރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި އެވެ.

ދިވެހިރާއްޖޭގެ އަޑާއި މޯލްޑިވްސް ބްލަޑް ސާވިސަސް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕް ފަށާފައި ވަނީ މިއަދު ހެނދުނު 9:00ގައި ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގަ އެވެ.

މި ކޭމްޕަށް ހަދިޔާކުރާ ލޭ، ތެލެސީމިއާ ކުދިންނަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ހަވީރުވަންދެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ކޭމްޕުގައި ލޭ ހަދިޔާ ކުރުމުގެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ވަނީ ހުޅުވާލައިފަ އެވެ.

އަޑުގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕުގެ ތެރެއިން -- ފޮޓޯ: ދިވެހިރާއްޖޭގެ އަޑު

އެގޮތުން ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ނަން ނޯޓް ކުރުމަށް 3000210 އަދި 7999082 ނަންބަރަށް ގުޅުމުން ލޭ ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އަޑުން ބުނެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހަކީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.