އިސް ޕްޔާރް ކޯ ކިޔާ ނާމް ދޫން ގެ ބަތަލާ ސަނާޔާ އިރާނީ އާއި ހިންދީ ޑްރާމާ ތަކުން މަޝްހޫރުކަން ހޯދާފައިވާ މޯހިތު ސޭގަލް އަންނަ މަހު 25 ވަނަ ދުވަހު ކައިވެނި ކުރަން ނިންމައިފިއެވެ.

އެދެ ތަރިން ވަނީ މި މަހުގެ 15 ވަނަ ދުވަހު އެންގޭޖުކޮށްފައެވެ.

އެ ދެތަރިން އަންނަ މަހުގެ 25ގައި ކައިވެނި ކުރަން ނިންމާފައިވީ ނަމަވެސް ކައިވެނި ޕާޓީ ބާއްވާ ތަނެއް އަދި ނޭނގެ އެވެ. ނަމަވެސް ހަބަރުތައް ބުނާ ގޮތުން، ސަނާޔާ އާއި މޯހިތު ގެ ކައިވެނީގެ ހަފުލާ ބާއްވަން ނިންމާފައިވަނީ ގޯއާ ގައެވެ.

ސަނާޔާ އާއި މޯހިތު ގެ ލޯބީގެ ގުޅުން ފެށިފައިވަނީ މީގެ ހަތް އަހަރު ކުރިން އެދެތަރިން އެކުގައި ކުޅުނު "މިލޭ ޖަބު ހަމް ތުމް" ޑުރާމާއިންނެވެ.

ސަނާޔާ ގިނަ ޑުރާމާތަކެއް ކުޅުނު ނަމަވެސް، އާއްމުން ތެރޭގައި މަޝްހޫރުވެގެން ދިޔައީ މީގެ ތިން ވަރަކަށް އަހަރު ކުރިން އޭނާ ކުޅުނު ސްޓާ ޕުލަސް ގެ ޑުރާމާ "އިސް ޕްޔާރު ކޯ ކިޔާ ނާމް ދޫން" އިންނެވެ.

ސަނާޔާ ގެ އިތުރުން މޯހިތުވެސް ވަނީ ގިނަ ޑުރާމާތަކަކުން ފެނިގެން ގޮސްފައެވެ. އެގޮތުން ޤުބޫލް ހޭ، މުޖްސޭ ކުޗް ކެހެތީ ޔޭ ހާމޯޝިޔާ ފާހަގަ ކޮށްލެވެއެވެ.

އަދި އޭނާ މިހާރު ހަރަކާތްތެރިވަމުން އަންނަ ޑުރާމާ ސަރޯޖުނީ އެކްނައީ ޕޭހަލް އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޑުރާމާއެކެވެ.