ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ފްރެންސިސްކޯއަށް އުފަން ޖޯން ބިޑީން، 53، އެމެރިކާ އިން ފެށިގެން އޮސްޓްރޭލިއާ އާ ހަމައަށް ހުއްޓާނުލައި ކެނޯގައި ދަތުރުކޮށްފި އެވެ.

އެއީ އެހާ ދިގުދަތުރެއް ކެނޯއެއްގައި ކުރި ފުރަތަމަ މީހާ އެވެ. ޖޫން މަހުގެ އެއްވަނަ ދުވަހު ކެނޯ ދުއްވަން އޭނާ ފަށާފައިވާ އިރު ދުވާލަކު 15 ގަޑިއިރު ފަލިޖަހާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"މިގޮތަށް ކެނޯއެއްގައި މިހާ ދިގުދަތުރެއްކޮށް ނިންމާލި ފުރަތަމަ މީހާއަށް ވެވޭނެ ކަމަށް ގަބޫލުވެސް ނުކުރެވޭ،" އިނގިރޭސި ވިލާތަށް އުފަން ނަމަވެސް މިހާރު ކެނެޑާގައި ދިރިއުޅުން ވޭތުކުރަމުންދާ ބިޑީން ބުންޏެވެ.

ކަނޑުމަތީގައި 209 ދުވަހު ހޭދަކުރުމަށް ފަހު ބީޑިންގެ ދަތުރު ކާމިޔާބުކަމާ އެކު ނިންމާލުމުން އޭނާ އަށް ހާއްސަ ހަފްލާއެއް ބޭއްވުމުން އެކަމާ ޝުކުރުއަދާކޮށްފައިވެ އެވެ. ބީޑިންގެ އެ ހިތްވަރަށް ތައުރީފު ކުރަމުން އޭނާގެ އަންހެނުން ޗެރީލް ބުނީ "ބީޑިން އަކީ އެހެން މީހުންނާ ތަފާތު މީހެއް" ކަމަށެވެ.

ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ފްރެންސިސްކޯއަށް އުފަން ޖޯން ބިޑީން -- ފޮޓޯ -- އޭޕީ

"އަބަދުވެސް އެނގޭ އޭނާ އަށް އެކަން ވާނެ ކަން. ނިންމާލަން ބުނި ދުވަހަށް ވުރެ ގިނަ ދުވަސް ނެގި ނަމަވެސް ދަތުރު ކާމިޔާބުކޮށް ސަލާމަތުން ގެއަށް އާދެވުމުން އުފާކުރަން،" ބީޑަންގެ އަންހެނުން ބުންޏެވެ.

ޗެރީލް ބުނީ ބީޑަންގެ އެދަތުރަކީ ކުއްޖަކު ވިހެއުންހާ ވޭން ހުރި ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ހީވަނީ ދަތުރު ނިންމާލުމަށް ފަހު ދެން ކެނޯއަަކަށް އަވަހަށް ނާރާނެ ކަމަށް ބީޑަން ބުނެފައި ވާތީ ކަމަށް ޗެރީލް ބުންޏެވެ.

ބީޑިން ވަނީ މީގެ ހަތަރު އަހަރު ކުރިން އެޓްލާންޓިކް ކަނޑު ހުރަސްކޮށް ވެސް ކެނޯއެއްގައި ދަތުރުކޮށްފަ އެވެ.