Last Updated: 10 year 11 month ago

ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމުން އަހްމަދު މުޖްތަބާ، ޙުސައިން ހަބީބު.

ސާފް ސުޒުކީ ކަޕްގައި އިންޑިއާ އާ ނޭޕާލް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
މިއަދުގެ މެޗަށް މިދެޓީމު ނުކުންނައިރު:
މި ދެޓީމު ވަނީ 16 ފަހަރު ބައްދަލުކޮށްފައި.
- އިންޑިއާ ވަނީ 10 ފަހަރު ނޭޕާލް އަތުން މޮޅުވެފައ.ި
- ނޭޕާލް އިންޑިއާ އަތުން މޮޅުވެފައި ވަނީ 2 ފަހަރު.
- 4 މެޗު ވަނީ ދެޓީމު އެއްވަރުވެގެން ނިމިފައި.
ސާފް ސުޒުކީ ކަޕްގެ ގްރޫޕް "އޭ"ގެ އެންމެ ފަހު މެޗުގައި މިއަދު އިންޑިއާ އާއި ނޭޕާލް ބައްދަލު ކުރި މެޗުގައި ނޭޕާލުން ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި 4-1 އިން އިންޑިއާ މޮޅުވުމުން ނޭޕާލް މި މުބާރާތުން ކަޓައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޑިއާ އަދި ދެވަނަ ޓީމުގެ ގޮތުގައި ސްރީ ލަންކާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ 3 ވަނަ މިނިޓްގައި ނޭޕާލްގެ ބިމާލް ގަރުތީ މަގަރު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ކުރި ހޯދައިދީފައެވެ. އެހެން ނަމަވެސް، އިންޑިއާ ޓީމުން އިތުރަށް ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިޑްފީލްޑަރު ރޯލިން ބޯޖަސްއަށް ނޭޕާލްގެ ގޯލް އޭރިޔާގެ އަރިމަތިން ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލް ދާގަނޑުގެ މެދަށް ފޮނުވާލައިގެން މެޗުގެ 25 ވަނަ މިނިޓްގައި އިންޑިއާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މެޗުގައި އިންޑިއާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައި ދިނީ 67 ވަނަ މިނިޓްގައި އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. ފޯވާޑް ހަލީ ޗާރަން ނަޒްރީ ވަރަށް ރީތިކޮށް ނޭޕާލް ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޗެތުރީއަށް ޖައްސާލި ބޯޅަ ޗެތުރީ ވަނީ ކީޕަރު ކިރަން ކުމާރު ލިމްބޫއަށް ވިސްނައިލާނެ ފުރުސަތެއް ވެސް ނުދީ ގޯލް ތެރެއަށް ފޮނުވާލައިފައެވެ.
އިންޑިއާގެ ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ ފަހުހާފުގައި ސަންޖޫ ޕްރަދާންގެ ބަދަލުގައި ކުޅެން ކުޅެން އެރި، ޒުވާން ފޯވާޑް ލައްލިއަން ޒޯލާ ޗަންޓޭއެވެ. އުމުރުން އެންމެ 18 އަހަރުގެ ޗަންޓޭއަކީ އިންޑިއާ ޓީމަށް މިހާތަނަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި މިއަދުގެ މެޗަކީ އޭނާ އިންޑިއާ ޓީމަށް ކުޅުނު ދެވަނަ މެޗެވެ.
އޭނާ ފުރަތަމަ ލަނޑު ކާމިޔާބުކުރީ، 81 ވަނަ މިނިޓްގައި ނޭޕާލް ޕެނަލްޓީ އޭރިޔާތެރެއިން ރޮނގުކައިރިން ލިބުނު ބޯޅައެއް ވަރަށް ބާރަށް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނިޓްގައި ބޯޖަސް ނޭޕާލްގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
އިންޑިއާ ޓީމުން ބަދަލެއް. ކެޕްޓަން ސުނިލް ޗެތުރީގެ ބަދަލުގައި ކުޅެން އެރުވީ ޖޭޖޭ ލާލްޕެޚުލުއާ.
ނޭޕާލް، އިންޑިއާ، ސާފް ސުޒުކީ ކަޕް
























