ފ. އަތޮޅު ފަރަކުން ވެލި ނަގައިގެން އެ އަތޮޅި ފީއައްޔަށް ދަތުރުކުރި ދޯންޏަކަށް ރާޅު އަރައި އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީމި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 13:15 ހާއިރު ކަމަށެވެ.

ގާތްގަނޑަކަށް 35 ފޫޓުގެ ދޯނި އަޑިއަށް ދިޔަ ވަގުތު ދޯނީގައި ތިން މީހަކު ތިބި ކަމަށް ފުލުހުން ބުނެއެވެ. ދޯނި އަޑިއަށް ދިޔަ ސަރަހައްދަށް ފުލުހުން ދިޔަ އިރު ދޯނީގައި ތިބި މީހުން ވަނީ އެދޯނީގައި އޮންނަ ބޮއްކުރާއަކަށް އަރައި ސަލާމަތް ވެފައެވެ.

މިހާދިސާގައި ދޯނި އަޑިއަށް ގޮސްފައިވީނަމަވެސް އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.

ދޯނީގައި ތިބި ތިން މީހުން މިހާރު ވަނީ ފުލުހުންގެ ލޯންޗުގައި ފީއައްޔަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ބަލަމުން އަންނަ އިރު އެދޯނި ނެގުމުގެ މަސައްކަތް ފީއަލީ ރައްޔިތުންގެ އެހީތެރިކަމާއެކު އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގައި ފ. ފިލިތެޔޮ ރިޒޯޓުގެ ޑައިވަރުންގެ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވެ އެވެ.